ކަޔާން ހަމްދާން ޒަކީ.. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ކަޔާން ހަމްދާން ޒަކީ.. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ކުޅިވަރު 23 Aug 2024 | 11:40

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ސެމީފައިނަލުން ކަޔާން ޖާގަ ހޯދައިފި

ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕު 2024 ގެ ސެމީ ފައިނަލުން ރާއްޖޭގެ ޒުވާން އެތްލީޓް ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ހީޓް ދޭއްގައި ވާދަކޮށް 9.64 ޕޮއިންޓާއ3ކު ކަޔާން ހީޓުން ދެވަނަ ހޯދުއިރު، ތިން ސާފަރުން ވާދަކުރި ހީޓުގެ އެއްވަނަ ހޯދީ ފިލިޕީންސްގެ ސާފަރު ޓްރޮއީ އެސްޕެޖޯން އެވެ. އޭނާ ވަނީ 11.10 ޕޮއިންޓް ހޯދާފައެވެ. އަދި މިހީޓުން ތިންވަނަ ހޯދި ލަންކާގެ ކަނަޕަތީ ޖޭ އަށް ލިބުނީ 8.06 ޕޮއިންޓެވެ.

ހީޓް ތިނެއްގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ކެޕްޓަން ސައްޔިދު ސޮލާހުއްދީން ދިޔައީ ހީޓުގެ ފުލަށެވެ. އޭނާ އަށް 7.90 ޕޮއިންޓް ލިބުނުއިރު، އެ ހީޓުން އެއްވަނަ ހޯދީ އިންޑިއާގެ ކިޝޯރު ކުމާރެވެ. އޭނާ ވަނީ 11.50 ޕޮއިންޓް ހޯދާފައެވެ. އަދި އެހީޓުން ދެވަނަ އަށް ދިޔައީ ޗައިނީޒްޓައިޕޭގެ ޖޯންޖޯން ޗާންއަށް ލިބުނީ 8.76 ޕޮއިންޓެވެ.

ކަޔާން އަރީފް ވާދަކުރި ހީޓުން އޭނާ ފުލަށް ދިޔަ ނަމަވެސް މިހީޓުގެ ދެވަނަ ހޯދި ކޮރެއާގެ ސޮއިހޫން ޖޫންއާ 9.83 ޕޮއިންޓް ހޯދިއިރު، އަރީފް ވަނީ 9.17 ޕޮއިންޓް ހޯދާފައެވެ. އަދި މިހީޓުން އެއްވަނަ ހޯދީ ޖަޕާނުގެ ޓާރޯ ޓަކައި އެވެ. އޭނާ 18.10 ޕޮއިންޓް ހޯދިއިރު، މިއީ ކުއާޓާ ފައިނަލުގެ ހަތަރު ހީޓުން ވެސް އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި އެތްލީޓެވެ.

ސެމީ ފައިނަލުގައި ކަޔާން ޒަކީ ލައްވާލީ ޓާރޯއާ އެކު ހީޓް ދޭގަ އެވެ. އެ ހީޓުގައި ދެން ހިމެނެނީ އިންޑިއާގެ ކިޝޯރާއި ކުއާޓާގެ ހީޓު އެކަކުން ދެވަނަ ހޯދި ޗައިނާގެ ޗެންގް ޒެންގް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...