އާސެނަލްގެ ބްރެޒިލް ފޯވާޑް ގަބްރިއަލް ޖީސަސް، 8.6 މިލިއަން ފައުންޑަށް ބާސެލޯނާއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އާސެނަލްގެ ފޯވާޑް ގަބްރިއަލް ޖީސަސް 8.6 މިލިއަން ފައުންޑުގެ އަގަކަށް ބާސެލޯނާއަށް ބަދަލުވުމަށް ދެ ކްލަބުގެ މެދުގައި އުސޫލީ ގޮތުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި މި ޓްރާންސްފާގެ ކަންކަން ނިންމުމަށް ޖީސަސް މިހާރު ދަނީ ސްޕެއިނަށް ދިއުމަށް ތައްޔާރުވަމުންނެވެ. ގެބްރިއަލް ޖީސަސްގެ އިތުރުން، އާސެނަލްގެ މިޑްފީލްޑަރު ފަބިއޯ ވިއެއިރާ ޖަރުމަނުގެ ހެމްބާގަށް ވިއްކާލުމަށްވެސް އެ ކްލަބުން ވަނީ އެއްބަސްވެފައެވެ.
މި ޓްރާންސްފާގެ ފަހުގެ ތަފްސީލުތައް ނިންމުމުގެ މަސައްކަތް ހުރިހާ ފަރާތަކުން މިހާރު ކުރަމުންދާއިރު، މާދަމާގެ ވަގުތެއްގައި ޖީސަސް ސްޕެއިނަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ފަބިއޯ ވިއެއިރާ ހެމްބާގަށް ބަދަލުވަނީ ގާތްގަނޑަކަށް 7.7 މިލިއަން ފައުންޑުގެ ފީއަކަށެވެ. މި ޓްރާންސްފާގެ އެންމެ ފަހުގެ ކަންކަން ފުރިހަމަކުރުމަށް ވިއެއިރާ މިހާރު ވަނީ ޖަރުމަނަށް ދިއުމަށް ދަތުރު ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް