މޯދީއާއި ޕްރިންސް ސަލްމާން
މޯދީއާއި ޕްރިންސް ސަލްމާން
ދުނިޔެ 22 Apr 2025 | 04:46

ޕްރިންސް ސަލްމާންގެ ދަޢުވަތަކަށް މޯދީ ސަޢުދީއަށް ވަޑައިގެންފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސަޢުދީ ޢަރަބިއްޔާގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ދަޢުވަތަކަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ސަޢުދީ އަށް ވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރަށް ޖިއްދާއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ސަޢުދީއަށް ކުރާ މި ދަތުރުގައި ގިނަ މަޝްވަރާ ބައްދަލުވުންތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ކަމަށެވެ.

ސަޢުދީއާ އެކު އޮތް ތާރީޚީ ގުޅުމަކީ އަޅުގަނޑުމެންނަށް އަގުހުރި ގުޅުމެއް. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައި. އަދި ސްޓްރެޓެޖިކް ޕާޓްނަރޝިޕް ކައުންސިލްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވޭތީ އުފާކުރަން."

މީގެ އިތުރުން މޯދީ ވަނީ މި ދަތުރުފުޅުގައި ސައުދީގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަންވެސް ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސަޢުދީއިން އިންޑިޔާއަށްދޭ ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިޔާގެ ބައެއް ނޫސް ތަކުން މައުލޫމާތު ދެއެވެ.

މޯދީ ސަޢުދީއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މީގެ ކުރިން މޯދީ ސަޢުދީއަށް ވަޑައިގެންފައިވަނީ 2016 އަދި 2019 ވަނަ އަހަރުއެވެ. އެހެން ހުރިހާ ބޮޑުވަޒީރުން 70 އަހަރުގެ ތެރޭގައި ސަޢުދީއަށް ކުރެއްވީ ޖުމްލަ ތިން ދަތުރުފުޅެވެ. މީގެ އިތުރުން މިއީ މޯދީ ގަލްފްް ސަރަޙައްދުގެ ޤައުމުތަކަށް ކުރައްވާ 15 ވަނަ ދަތުރުފުޅެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް
12 Oct 2026 ދުނިޔެ

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއް...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
11 Oct 2026 ދުނިޔެ

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދިން ޓެރަރިސްޓް ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ބައެއް ފަރާތްތައް ޝަހީދުވެ، ބައެއް ފަރާތްތަކ...

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 Oct 2026 ހަބަރު

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އ...