ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން.. ފޮޓޯ: ޕްރިމިއާ ލީގް
ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން.. ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު 20 Sep 2026 | 03:33

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ.

މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް މޮޅުވުމުގެ ސިލްސިލާ ވަނީ ނިމުމަކަށް އައިސްފައެވެ.

މި ސީޒަނުގެ ފުރަތަމަ އަށް މެޗުން ޖެހިޖެހިގެން މޮޅުވެ، ފާއިތުވި 123 އަހަރު ތެރޭގައި އެ ކްލަބުން ނުދައްކާ ފަދަ މޮޅު ފެށުމެއް ހޯދުމަށް އާސެނަލް އުންމީދު ކުރި ނަމަވެސް، ފަބިއަން ހޫޒެލާގެ އިރުޝާދުގެ ދަށުން ކުޅުނު ބްރައިޓަންއިން ވަނީ އާސެނަލް ސިއްސުވާލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ ޕާސްކަލް ގްރޮސް އަދި ޗަރަލަމްޕޯސް ކޮސްޓޫލަސް ވަނީ ދެ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ހޯދައިދީފައެވެ.

އާސެނަލަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ބުކާޔޯ ސަކާ އަތުން ބޭކާރުވިއިރު، އޭގެ އެންމެ 15 ސިކުންތު ފަހުން ބްރައިޓަންއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ އާސެނަލްގެ ރޭވުންތައް މުޅިން ބަދަލުކޮށްލި ގޯލެކެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، ޗެމާ އެންޑްރޭސް ވަނީ ބްރައިޓަންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މުޅި މެޗުގައި ވެސް އާސެނަލްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ބްރައިޓަންއިން އުފެއްދި ނުރައްކާތެރި ހަމަލާތަކުން ސަލާމަތްވުމަށް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މި ނަތީޖާއާއެކު ބްރައިޓަން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއީ ދެވަނައިގައި އޮތް އާސެނަލްއަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ.

"މިކަން އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މި މެޗުން އަހަރެމެން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭނެ" އަޓޭޓާ ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...