އިބޫގެ ކެބިނެޓް ހުވާކުރެއްވުން މިރޭ ބާއްވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މަޖިލިސް ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ރައީސް އޮފީހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރުންގެ ގާނޫނީ ހުވާކުރެއްވުމާއި ފަތްކޮޅު ދިނުން އޮންނާނެއެވެ. މިކަން ރައީސް އޮފީހުގެ ފަރާތުންވެސް މީޑިޔާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ބަލާލާއިރު، އެ ކެބިނެޓުގައި އެޓާނީ ޖެނެރަލްއާއި ނުލައި ތިއްބަވާނީ ޖުމްލަ 19 މިނިސްޓަރުންނެވެ. މި ކެބިނެޓުގައި ގުޅިފައިވާ އިއްތިހާދުގެ ގިނަ ފަރާތްތަކެއް ހިމެނޭނެއެވެ. އަދި މިކެބިނެޓުގައި ހަތްވަރަކަށް އަންހެން ވަޒީރުން ތިއްބަވާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މިއަދުގެ ހަވީރު ފަހެއް ޖަހާއިރު ހުވާކުރުމަށް ހަމަޖެހިފައިވާ ރައީސް އިބްރާހީމްގެ ސަރުކާރުގެ މަގާމުތަކަށް މިރެއިން ފެށިގެން ފަރާތްތަކުން އައްޔަންކުރަމުން ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް