ކްރިސްޓިއާނޯ ރޮނާލްޑޯ-- ފޮޓޯ/ ގެޓީއިމަޖެސް
ކްރިސްޓިއާނޯ ރޮނާލްޑޯ-- ފޮޓޯ/ ގެޓީއިމަޖެސް
ކުޅިވަރު 04 Feb 2026 | 07:47

ކްރިސްޓިއާނޯ ރޮނާލްޑޯ އަލް-ނަޞްރަށް ކުޅެން ދެކޮޅު ހަދައިފި

ޓްރާންސްފާ ސިޔާސަތާމެދު ހިތްހަމަނުޖެހި، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަލް-ނަޞްރަށް ކުޅެން ދެކޮޅުހަދައިފިއެވެ.

ސައުދީ ޕްރޯ ލީގުގައި އެންމެ ފަހުން އަލް-ރިޔާޟާ ދެކޮޅަށް އަލް-ނަޞްރު ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެތައް ބައެއްގެ ސުވާލުތައްވެސް ވަނީ އަލް-ނަސްރާއި އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ އިތުބާރު ހުރި ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި، ރޮނާލްޑޯ މި މެދައް އައިސްފައިނުވަނީ އަނިޔާގެ ސަބަބުން ނުވަތަ ކޯޗުގެ ނިންމުމަކުންނެއް ނޫނެވެ. އޭނާ ސްކޮޑުގައި ހިމެނެން ދެކޮޅު ހެދީ، ކުޅުންތެރިން ޓްރާންސްފާ ކުރުމުގައި ކްލަބުގެ މެނޭޖްމަންޓުން ކަންކަން ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

ރޮނާލްޑޯގެ އެންމެ ބޮޑު ޝަކުވާއަކީ، ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ގެ އެހީތެރިކަން ލިބޭ އެހެން ކްލަބުތަކާ އަޅާބަލާއިރު، އަލް-ނަޞްރުގެ ޓީމު ވަރުގަދަކުރުމަށް ކުރާ އިންވެސްޓްމަންޓް ކުޑަވުން ކަމަށާއި، އަލް-ހިލާލް ފަދަ ވާދަވެރި ކްލަބުތަކުން ކަރީމް ބެންޒެމާ ފަދަ މަޝްހޫރު ތަރިން ގެނެސް ޓީމު ވަރުގަދަކުރަމުންދާއިރު، އަލް-ނަޞްރުން މި ސީޒަނުގައި ގެނެސްފައިވަނީ މަދު ކުޅުންތެރިންތަކެއް ކަމަށާއި، އޭގެ ތެރޭގައި އޭނާ އުންމީދުކުރި ފަދަ މަތީ ފަންތީގެ ކުޅުންތެރިން ނެތްކަން ރޮނާލްޑޯ ފާހަގަކުރާކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

2023 ވަނަ އަހަރު ރޮނާލްޑޯ އަލް-ނަޞްރާ ގުޅުނު ފަހުން އޭނާއަކީ ސައުދީ ލީގުގެ އެންމެ މުހިންމު ސަޚްޞިއްޔަތެވެ. އެހެންކަމުން، އޭނާގެ މި ނިންމުމާއެކު މުޅި ލީގަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ކްލަބުތަކުގެ މެދުގައި އިންވެސްޓްމަންޓްތައް ހަމަހަމަކުރުމާ ބެހޭގޮތުންނާއި، ބޮޑެތި ކުޅުންތެރިން ކްލަބުގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ މިންވަރާ ބެހޭގޮތުން ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

ރޮނާލްޑޯގެ މި އަމަލަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ކުރީގެ ބައެއް ކުޅުންތެރިން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރީގެ ހައިސިއްޔަތުން ރޮނާލްޑޯގެ މައިގަނޑު ޒިންމާއަކީ ކުޅުމާއި ޓީމަށް އެހީތެރިވުމެވެ. އަދި ފާޅުގައި ކްލަބަށް ޕްރެޝަރު ކުރުމަކީ އަމިއްލަ އެދުން އިސްކުރުން ކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.

އަލް-ނަޞްރާއި އެކު ރޮނާލްޑޯ ވެފައިވާ ކޮންޓްރެކްޓް 2027 އާ ހަމައަށް ދެމިގެންދާނެއެވެ. އަދި މިވަގުތު ތާވަލުގެ ކުރީގައި އަލް-ނަސްރު އޮތްއިރު، މި ދެބަސްވުންތައް ހައްލުނުވާނަމަ، އޭނާގެ މުސްތަޤްބަލަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށާއި، އޭގެ ތެރޭގައި އެހެން ކްލަބަކަށް ބަދަލުވުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮންމެއަކަސް، ރޮނާލްޑޯގެ މި އިހުތިޖާޖަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަށް ވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންނާއި މީޑިއާތަކުން ދަނީ މިކަން ނިމޭނެ ގޮތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.