ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2023 ގެ ޗެންޕިއަން ޓީމު މުބާރާތުގެ ޓްރޮފީއާއެކު
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2023 ގެ ޗެންޕިއަން ޓީމު މުބާރާތުގެ ޓްރޮފީއާއެކު
ކުޅިވަރު 14 Jun 2024 | 13:27

'ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024' ޖޫން 20 ގައި ފަށަނީ

"ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024" މިމަހުގެ 20 ގައި ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަކަމަށް މުބާރާތް ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެރަށުގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެމްޖީ ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

އެމްޖީ ސްޕޯޓްސް ކުލަބުގެ އޮފިޝަލަކު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިއީ ކައުންސިލްގެ މުބާރާތް އެކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ތިންވަނަޱއަހަރު ކަމަށެވެ. މީގެ ކުރިން މިރަށުގައި ބާއްވަމުން އައީ ފުޓްސަލް ނުވަތަ 9v9 އެވެ. ނަމަވެސް މިއީ 90 ގެ އަހަރުތަކުގެ ފަހުން މިރަށުގައި 11v11 ކުޅޭ ފުރަތަމަ ފަހަރެވެ.

ކާށިދޫ ކައުންސިލްގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން، ކާށިދޫގައި ބޮޑު ފުޓްބޯޅައިގެ ފޯރި ދިރުވައި އާލާކުރުމެވެ. އަދި މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ވާދަވެރި މުބާރާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ.

20 ޖޫން 2024 އިން 30 ޖޫން 2024 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގައި މިއަހަރު ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 27 އަދި 28 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 30 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ ޓްރަވަލް ޕާޓްނާއަކަށް މައިދޫ ސްޕީޑް އަދި ބެވަރޭޖް ޕާޓްނަރ އަކަށް އާރުވީ ސްޓޯރު ހަމަޖައްސާފައިވާއިރު، ޕްރިންޓިން ޕާޓްނަރަކީ ޔުނިކް އައިޑިއާ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބުން ހޯދައިފި
20 Sep 2026 ކުޅިވަރު

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބުން ހޯދައިފި

ކ. ކާށިދޫގައި ކާމިޔާބުކަމާއެކު ކުރިއަށްދިޔަ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. އެމްޖީ ސްޕޯޓްސް އިން މި މުބާރާތުގެ ޗެމްޕިއަން...

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް؛ ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
17 Sep 2026 ކުޅިވަރު

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް؛ ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ

ކ. ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގައި އެންޖީ ސްޓާޓިންނާ އެންޖީ ޖޫނިއާސް ބައްދަލުކުރިމެޗް ހަނިގޮތަކަށް އެންޖީ ޖޫނިއާސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސް...

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް؛ އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ
15 Sep 2026 ކުޅިވަރު

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް؛ އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ

ކ. ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގައި އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް ކުޅުނު މެޗްތައް އެޓީމްތަކުން ކާމިޔާބުކޮށްފިއެވެ. މުބާރާތުގައި އީއެން ...

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ދެ މެޗު އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
14 Sep 2026 ކުޅިވަރު

ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ދެ މެޗު އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް

ކ. ކާށިދޫގައި ކުލަގަދަކޮށް ފެށި "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް ޓޯނަމަންޓުގައި ކުޅުނު ފުރަތަމަ ދެ މެޗު އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންގ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި އެންޖީ ޖޫ...

ކާށިދޫ ޔޫތް ޓްރޮފީ 2026 ވިމެންސް ހޭންޑްބޯލް މުބާރާތް މާދަމާ ރެއަށް ފަސްކޮށްފި
12 Sep 2026 ކުޅިވަރު

ކާށިދޫ ޔޫތް ޓްރޮފީ 2026 ވިމެންސް ހޭންޑްބޯލް މުބާރާތް މާދަމާ ރެއަށް ފަސްކޮށްފި

ކ. ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކާށިދޫ ޔޫތް ޓްރޮފީ 2026 ވިމެންސް ހޭންޑްބޯލް ޓޯނަމަންޓް" މޫސުން ގޯސް ވުމުގެ ސަބަބުން މާދަމާރެއަށް ފަސްކޮށްފިއެވެ. ކާށިދޫގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ އެއް...

"ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފި
02 Sep 2026 ކުޅިވަރު

"ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފި

ކ. ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކާށިދޫ ޔޫތް ޓްރޮފީ 2026 ވިމެންސް ހޭންޑްބޯލް ޓޯނަމަންޓް" ގެ ރަސްމީ މީޑިއާ ޕާޓްނަރަކަށް "ވޮއިސް ސްޕޯޓްސް" ހަމަޖައްސައިފިއެވެ. ކާށިދޫގެ 15 ކްލަބެއް އެކުލެވޭ ގޮތަށ...