ސިންގަޕޫރާ ރާއްޖޭގެ ޒުވާންޓީމް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސިންގަޕޫރު އެފްއޭ
ސިންގަޕޫރާ ރާއްޖޭގެ ޒުވާންޓީމް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސިންގަޕޫރު އެފްއޭ
ކުޅިވަރު 12 Mar 2026 | 09:15

ސިންގަޕޫރާއެކު ކުޅުނު ދެވަނަ މެޗުން ރާއްޖޭގެ ޒުވާންޓީމް ބަލިވެއްޖެ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް، ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ރާއްޖޭގެ ޓީމް ބަލިވެއްޖެއެވެ.

ސިންގަޕޫރުގައި ކުޅުނު މިމެޗުން ރާއްޖޭގެ ޓީމް ބަލިވީ، 6-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި ސިންގަޕޫރުން ރާއްޖެ ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފްގެ ކުޅުމުގެ ތެރޭގައެވެ. އަދި އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި ސިންގަޕޫރުގެ ހަރިތު ދާނިޝް ވަނީ ހެޓްރިކް ހަދާފައެވެ.

ސިންގަޕޫރުގެ ޒުވާންޓީމާ ރާއްޖެ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސިންގަޕޫރު އެފްއޭ

މެޗްގައި ރާއްޖެއިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގައެވެ. އަދި ފަހު ލަނޑު ޖަހާފައިވަނީ ފަހު ހާފްގެ އިތުރު ވަގުތު ކުޅުމުގެ ތެރޭގައި ޖެހި ލަނޑެކެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނައްސާހް އަދި އަނޫފެވެ.

ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާންޓީމް ސިންގަޕޫރުގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗް ރާއްޖެ ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ސިންގަޕޫރުގައި ފަރިތަކުރުންތައް ބޭއްވުމަށްފަހު ޒުވާންޓީމް އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މިއަދުއެވެ. ރާއްޖޭގެ ޒުވާންޓީމް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް މިފަހަރު ފަށާފައިވަނީ ޤައުމީޓީމުގެ ކޯޗްކަމާ ހަވާލުވި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...