މީހަކު ނިޔަފަތި ކަނީ
މީހަކު ނިޔަފަތި ކަނީ
ލައިފްސްޓައިލް 04 Aug 2026 | 03:59

ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.

ފެންނަ ފެނުމަށް ކުޑަ ކަމެއް ހެން ހީވިޔަސް ސިއްޙީ ގޮތުން މި އާދައިގައި ހީކުރާ ވަރަށްވުރެ ބޮޑެތި ނުރައްކާ އެކުލެވިފައިވެއެވެ.

މީހުން ނިޔަފަތި ކަނީ ކީއްވެ؟

ބައެއް މީހުން ފޫހިވެގެން ނިޔަފަތި ކެޔަސް ގިނަ ފަހަރަށް މި އާދައިގެ އަސްލަކީ ހާސްވުމާއި ކަންބޮޑުވުމާއި ނަފްސާނީ އެކި މައްސަލަތަކެވެ. ގިނަ ފަހަރަށް ނިޔަފަތި ކެވެނީ ނޭނގި ޚިޔާލެއް ފިކުރެއް ނެތި ސިކުނޑި އެހެން ކަމަކާ މަޝްޣޫލުވެގެން އިންނައިރުގައެވެ. އާއިލާ ތެރެއިން މީހަކު ނިޔަފަތި ކާތަން ފެނިގެން ކުޑަކުދީން އެ އާދަ ދަސްކުރުމަކީ ވެސް ވަރަށް ޢާންމު ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ސިއްޙީ ގޮތުން ހުރި ނުރައްކާތައް

ނިޔަފަތި ކެއުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ނިޔަފަތި ކެއުމުން ނިޔަފަތި ވަށައިގެންވާ ހަންގަނޑަށް ކުދި ޒަޚަމް ލިބި ބެކްޓީރިއާ އާއި ވައިރަސް އަދި ފަންގަސް ވަނުމަށް މަގު ހުޅުވައިދެއެވެ. މިކަމުގެ ސަބަބުން ޕެރޮނީކިއާ ކިޔާ އިންފެކްޝަނެއް ޖެހި ނިޔަފަތި ވަށައިގެން ދުޅަވެ ރިއްސައެވެ.

ނިޔަފަތި ކާ މީހުންނަށް ރޯގާ ޖެހުމާއި ހުން އައުމުގެ ފުރުޞަތު ވެސް ބޮޑެވެ. ސަބަބަކީ އަތުގައި ޚާއްޞަކޮށް ނިޔަފަތީގެ ދަށުގައި ބެކްޓީރިއާ ވަރަށް ގިނައިން ހުންނާތީއެވެ.

މީގެ އިތުރުން ނިޔަފަތި ކެއުމުގެ ސަބަބުން ދަތް ގާނާ ބަލި (ބްރަކްސިޒަމް) ޖެހުމުގެ ފުރުޞަތު ބޮޑުވެ ބޮލުގައި ރިއްސުމާއި ދަތުގެ އެކި މައްސަލަ ކުރިމަތިވެއެވެ.

މި އާދަ ހުއްޓާލުމަށް ކުރެވިދާނެ ކަންތައްތައް

ދެން އޮތީ މި އާދަ ހުއްޓައިލާނެ ގޮތެވެ. ޑާމަޓޮލޮޖިސްޓުން ލަފާ ދެއްވާ ގޮތުގައި ނިޔަފަތި ކުރުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިޔަފަތި ކުރު ވީ ވަރަކަށް ކާނެ ބައި މަދުވެ ޝައުޤު ވެސް ކެނޑެއެވެ.

ހިތި ރަހަ ދޭ ނެއިލް ޕޮލިޝް ނިޔަފައްޗަށް އުނގުޅުމަކީ ވެސް ގިނަ ބަޔަކަށް ކާމިޔާބުވެފައިވާ އުކުޅެކެވެ. ބޭސް ފިހާރަތަކުން ފަސޭހައިން ލިބެން ހުންނަ މި ޕޮލިޝް ގެ ނުބައި ރަހައިގެ ސަބަބުން ނިޔަފަތި ކެއުމާ ދުރުހެލިވެވެއެވެ.

ނިޔަފަތި ކާ ހިތްވާ ވަގުތު ސްޓްރެސް ބޯޅައެއް ނުވަތަ ފިޖެޓް ޓޯއީއެއް ކުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ. އެއީ އަތް އެހެން ކަމެއްގައި ބިޒީކޮށް ބެހެއްޓޭތީއެވެ.

ނިޔަފަތި ކެވޭ ވަގުތުތައް ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ފޫހިވެގެންތޯ ހާސްވެގެންތޯ ނޫނީ ނިޔަފަތީގައި ކެހުމެއް ހުރީމާތޯ ބެލުމަށް ފަހު އެ ޙާލަތާ ގުޅޭ ޙައްލެއް ހޯދޭނެއެވެ.

މީގެ އިތުރުން އެއްފަހަރާ ހުރިހާ ނިޔަފައްޗެއް ހުއްޓައިލުމުގެ ބަދަލުގައި މަޑުމަޑުން ފެށުން ވެސް ރަނގަޅެވެ. މިސާލަކަށް ފުރަތަމަ ބޮޑުވައި އިނގިލީގެ ނިޔަފަތި ކެއުން ހުއްޓައިލައި ކާމިޔާބު ވީމާ އެހެން އިނގިލިތައް ވެސް ހިމެނުމެވެ. އެންމެ ފަހު އަމާޒަކީ އެއްވެސް ނިޔަފައްޗެއް ނުކެވޭ ހިސާބަށް ދިއުމެވެ.

ގަވާއިދުން ކެއުމާއި ނިދުމާއި ކަސްރަތު ކުރުމަކީ ހަށިގަނޑާއި ސިކުނޑި ހަމަޖައްސައިދީ ނިޔަފަތި ކެއުމުގެ އާދަ ކަނޑުވައިލައިދޭނެ ކަންކަމެވެ. އަދި ނިޔަފަތި ކާ ހިތްވާ ވަގުތު ނޭވާލުމުގެ ކަސްރަތު ކުރުމާއި ހަމަޖެހުން ގެނެސްދޭ ކަންކަން ކުރުމުންވެސް އެކަން ހުއްޓާލުމަށް އެހީވެދެއެވެ. ނިޔަފަތި ކެއުމަކީ ހުއްޓައިލަން އުނދަގޫ ނަމަވެސް ކެތްތެރިކަމާ އެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ކުރެވޭނެ ކަމެކެވެ. ނަމަވެސް މި އާދަ މާ ބޮޑަށް ހައްދުން ނެއްޓިފައި ވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ކުރިއަށް ދިއުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...