ހައްޖު ކޯޕަރޭޝަންގެ ބޮޑެތި މައްސަލަތަކެއް ފަޅާއަރައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖާއި އުމްރާއަށް ދިއުމަށް މީހުން ދެއްކި ގިނަ އަދަދެއްގެ ފައިސާތަކެއް އެކުންފުނިން މަދުވެފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ޓްރާންސިޝަނަލް ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމެއްގައި، އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމެވެ. މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ހައްޖަށް ދާން އެ ކޯޕަރޭޝަނަށް 300 އެއްހާ މީހުން ދުރާލައި ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.
އެ ފައިސާ މަދުވީ ކީއްވެގެން ކަމެއް އަދި އެ ފައިސާ ބޭނުންކޮށްފައިވަނީ ކޮން މަގުސަދެއްގައިކަމެއް ސާފުވާގޮތް ވެފައިނުވާކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
"މިއީ މިހާ މާތް މަގުސަދެއްގައި އުފެދުނު ކުންފުންޏަކުން ހިންގާފައިވާ ގޯސް ކަންތައްތައް،" އާޒިމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހުޅުމީދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ސިޔާސީ ނުފޫޒުން ބައެއް ފަރާތްތައް ހައްޖަށް ފޮނުވާފަައިވާ ކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ބައްދަލުވުމުގައި ވަނީ އާ ސަރުކާރުން ހައްޖު ކޯޕަރޭޝަންގެ ކަންކަން އިސްލާހުކުރާނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް