މިވެސް ހުކުރު ދުވަހު މެންދުރަށް ތައްޔާރު ކޮށްލަން މީރު ޑެޒާޓެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް މެންގޯ ޕުޑިންގ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
* 250 ގްރާމް އަނބު
* 250 ގްރާމް ހެވީކްރީމް
* 250 މިލީލީޓަރު ކިރު
* 30 ގްރާމް ހަކުރު
* 15 ގްރާމް ޖެލެޓިން
* އަނބު ކިއުބް (ބޭނުންވާ ވަރަކަށް)
ތައްޔާރު ކުރާނެ ގޮތް:
1. ޖެލެޓިން ފިނި ފެނުގައި ފޯ ކުރާށެވެ. އެއަށްފަހު ތެއްޔެއްގައި އެ ހޫނުކޮށް އެއްކޮށް ވިރުވާލާށެވެ.
2. އަނބު ކުދިކޮށް ކޮށާލާފައި، މިކްސަރަކުން މުގުރާލައި އަނބު ޕިއުރީއެއް ހަދާށެވެ. ދެން އެއަށް ޖެލެޓިން އަޅާ ރަނގަޅަށް އެކުލަވާށެވެ.
3. ދެން އެހެން ތައްޓެއްގައި ހެވީ ކްރީމާއި ހަކުރު އެއްކޮށްލާށެވެ. އެއަށްފަހު އަނބު ޕިއުރީ އެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރ ޕައިޕިންގ ބޭގަކަށް އަޅައި، ޑެޒާޓް ތަށިތަކަށް މެންގޯ ޕުޑިން އަޅާލާށެވެ.
4. 4 ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާށެވެ.
5. ފުރިޖުން ނަގައި، އަނބު ކިއުބު ބޭނުންކޮށްގެން ޒީނަތްތެރި ކުރާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް