އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއްގެ ކުރެހުން
އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއްގެ ކުރެހުން
ހަބަރު 20 Feb 2025 | 02:43

ހަ ރަށެއްގައި ރީތި މިސްކިތްތަކެއް، ރޯދައިގެ ފަހުން މަސައްކަތް ފަށަނީ

ހަ ރަށެއްގައި ރީތި މިސްކިތްތަކެއް އެޅުމަށް ހާއްސަ މަޝްރޫއުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މިސްކިތްތައް ބިނާ ކުރަނީ އއ. ރަސްދޫ އާއި އދ. ފެންފުއްޓާއި ފ. ފީއަލީ އާއި ގދ. މަޑަވެއްޔާއި ހއ ބާރަށުގެ އިތުރުން ތ. ވޭމަންޑޫ ގަ އެވެ. އަލަށް އިމާރާތްކުރޭ މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށެވެ. މި މަޝްރޫއުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ މިސްކިތްތައް ހުންނާނެ ގޮތުގެ ޑިޒައިންތައް ވެސް އާންމު ކުރައްވާފަ އެވެ. މިސްކިތްތައް ފެންނަނީ ވަރަށް ރީތިކޮށެވެ. މިއީ މި ފަހުން ޑިޒައިންކޮށްފައިވާ ކުރެހުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރަހާފައިވަނީ ރިޔަން އިން. މިއީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް," މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެ 3 ސައިޒެއްގެ މިސްކިތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ