މިއޮތީ ދޮންބެ ލައްވާ ހަދާ ކަހަލަ އެއްޗެއްގެ ރެސިޕީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިލްކް ޝޭކަކީ ވަރަށް ގިނަ މީހުންނަށް މީރު އެެއްޗެކެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ ޗިޕްސްމޯ ބިސްކޯދުން މިލްކް ޝޭކު ތައްޔާރު ކުރާނެ ގޮތެވެ. މިއީ ދޮންބެ ކިޔާ ކުދިން ލައްވާ ހަދާލަން ވަރަށް ރަނގަޅު ބުއިމެކެވެ.
ބޭނުންވާތަކެތި:
1 ކުޑަ ފެކެޓް ޗިޕްސްމޯ ބިސްކޯދު
3 ޖޯޑު ކިރު
2 ޖޯޑު ޗޮކްލެޓް އައިސްކްރީމް
ވިޕްޑް ކްރީމް (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް:
ޗިޕްސްމޯ ބިސްކޯދު ކުދި ކޮށްފައި، އެ ބިސްކޯދުތަކާއި ކިރު އަދި އައިސްކްރީމް މިކްސްޗަރަކުން ރަނގަޅަށް މިކްސް ކޮށްލައްވާށެވެ. އެއްކޮށް ރަނގަޅަށް މިކްސް ވުމުން ތަށްޓަކަށް އަޅައި މައްޗަށް ވިޕްޑް ކްރީމް ކޮޅެއް އަޅާލާށެވެ. ފޮނި ގަދަ ކޮށްލަން ބޭނުން ނަމަ، ކުޑަ މާމުއި ނޫނީ ގެރިކިރު ކޮޅެއް އަޅާލެވިދާނެއެވެ. ޗިޕްސްމޯ ބިސްކޯދު އެހުރީ މިލްކްޝޭކް ތައްޔާރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް