ލަންކާގެ ރުޕީސްގެ އަގު 178 ރުޕީސް އަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާގެ ރުޕީސް އަގު ޑޮލަރާއި އަޅާ ބަލާއިރު ދުވަހަކު ނުދާހާ ތިރިއަށް ގޮސްފިއެވެ.
ސްރީލަންކާގެ މަރުކަޒީ ބޭންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ޑޮލަރެއްގެ އަގުހުރީ 178.10 ރުޕީސްގައެވެ. ލަންކާގެ އަންދާސީ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހުގެ ފަހުކޮޅުގައި މި އަދަދު 185 ރުޕީސްއަށްވެސް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ސްރީލަންކާގެ އިގްތިސާދުވަނީ ނާޒުކު ފައްތަރަކަށް ވެއްޓި، އާންމު ތަކެތީގެ އަގުތައް އުފުލެން ފަށައިފައެވެ. ލަންކާގެ އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މިކަން މިގޮތަށް ދިމާވުމުގެ މައިގަނޑު ސަބަބަކީ އިގްތިސާދު ހިންގުމުގެ ނިޒާމުގައި ހުރި ދޯދިޔާ ކަންކަމެވެ.
ލަންކާގެ އިގްތިސާދު ނާޒުކު ހާލަތަކަށް ގޮސްފައިވާ ދަނޑިވަޅުގައި، އެގައުމުގަައި ދަނީ ސިޔާސީ ހަމަނުޖެހުންތައްވެސް އިތުރުވަމުންނެވެ. މިއާއި އެކު އެގައުމުގެ އިގްތިސާދުގެ މައިގަނޑު އެއް ސިނާޔަތްކަމަށްވާ ފަތުރުވެރިކަމަށް ވަނީ އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް