ރައީސް އިބޫގެ ރަސްމީ ގެކޮޅަށް 31.5 މިލިއަން ރުފިޔާގެ ބަޖެޓެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅަށް 31.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް 2019 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި ލަފާކޮށްފިއެވެ.
މިހާރުގެ ރައީސުލްޖުމްހޫރީޔާ އަބްދުﷲ ޔާމީންގެ ރަސްމީ ގެކޮޅަށް މިހިނގާ 2018 ވަނަ އަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވެސް މިހާރު ބަހުސްއަށް މަރުހަލަގައިވާ ބަޖެޓްގައިވެއެވެ.
މީގެ އިތުރުން ނައިބް ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފައިވާ ފައިސަލް ނަސީމް ބޭނުން ކުރައްވާ ރަސްމީ ގެކޮޅަށް 2.5 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މި ބަޖެޓްގައި ލަފާކުރައްވާފައިވެއެވެ. މިއީ މިހާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ ގެކޮޅަށް ހަރަދުވާ ވާނެކަމަށް ލަފާކޮށްފައިވާ 4.1 މިލިއަން ރުފިޔާ އާއި އަޅާ ކިޔާއިރު ދެގުނަ މަދު އަދަދެކެވެ.
ދެރައީސުންގެ ރަސްމީގެކޮޅުގެ ހަރަދަށް ބަޖެޓުގައި ބަދަލު އައި ކަމުގައިވިއަސް، އިންތިހަބީ ރައީސް އިބްރާހިމް މުހައްމަދު ރައީސްކަމަށް ވަޑައިގެން ދިރިއުޅުއްވާނެ ރަސްމީގެކޮޅަކީ ކޮބައިކަމެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް