ޗީޒީ ގާލިކް ޗިކަން ރެޕް
ޗީޒީ ގާލިކް ޗިކަން ރެޕް
ލައިފްސްޓައިލް 25 Oct 2024 | 05:28

ޗީޒީ ގާލިކް ޗިކަން ރެޕް؛ ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫން؛ މިއޮތީ ރެސިޕީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޗިކަން ރެޕަކީ މެންދުރުގެ، ހަވީރުގެ ނުވަތަ ރޭގަނޑުގެ ކެއުމަށް ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗީޒީ ގާލިކް ޗިކަން ރެޕް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

2 ކަށިނެތް ކުކުޅު (ޗިކަން ބްރެސްޓް)، ކިއުބް ކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

4 ލޮނުމެދު، ޗިސްކޮށްފައި ކޮށާފައި

1/2 ސައި ސަމުސާ ލޮނުމެދު ޕައުޑަރު

1/2 ސައި ސަމުސާ އޮނިޔަން ޕައުޑަރު

ލޮނާއި އަސޭމިރުސް، (ރަހަލާ ވަރަށް)

1/2 ތަށި ޗެޑަރ ޗީޒު

1/2 ތަށި މޮޒަރެލާ ޗީޒު

1/4 ތަށި ސޯ ކްރީމް

1/4 ތަށި މެޔޮނައިޒް

2 މޭޒުމަތީ ސަމުސާ ތާޒާ ޕާސްލީ، ކުދިކޮށް ކޮށާފައި

4 ބޮޑު ޓޯޓިއާ

ތައްޔާރުކުރާނެ ގޮތް

1. ކުކުޅު ކައްކާލުން: ތަވާ އުނދުން މަތީގައި ބެހެއްޓުމަށްފަހު، އޮލިވް އޮއިލް އަޅައި މެދު ގިނީގައި ތެޔޮ ހޫނު ކޮށްލާށެވެ. ދެން ކިއުބް ކޮށްފައިވާ ކުކުޅާއި، ލޮނުމެދު ޕައުޑަރާއި، ފިޔާ ޕައުޑަރާއި، ލޮނާއި އަސޭ މިރުސް އަޅާލާށެވެ. ކުކުޅު ރަނގަޅަށް ކެއްކި ރަތްވަންދެން 6-8 މިނެޓު ވަންދެން ކައްކާލާށެވެ.

2. ލޮނުމެދު ސޯސް ތައްޔާރުކުރުން: ކުޑަ ތަށްޓެއްގައި ސޯ ކްރީމާއި، މެޔޮނައިޒްއާއި، ކުދިކޮށް ކޮށާފައިވާ ލޮނުމެދާއި ޕާސްލީ އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

3. ރެޕް ތައްޔާރުކުރުން: ޓޯޓިއާތައް ފެތުރާލާށެވެ. ކައްކާފައިވާ ކުކުޅު ހަމަހަމަކޮށް ޓޯޓިއާތަކަށް އަޅާލާށެވެ. ކުކުޅުގެ މަތިން ޗެޑަރ ޗީޒާއި، މޮޒަރެލާ ޗީޒު އަޅާލާށެވެ. ދެން ލޮނުމެދު ސޯސް އަޅާލާށެވެ.

4. ރެޕް ކުރުމާއި ޓޯސްޓް ކުރުން: ޓޯޓިއާގެ ދެފަރާތުން ފަށް ޖަހައި ރޯލް އެއް ހަދާލުމަށްފަހު، ޓީތް ޕިކަކުން ރަނގަޅަށް ހަރުކޮށްލާށެވެ. ތަވައެއް އުނދުން މަތީގައި ބަހައްޓައި، މަޑު ގިނީގައި ތަވާ ހޫނު ކުރުމަށްފަހު، ރެޕްތައް ކޮންމެ ފަރާތަކުން 2-3 މިނެޓު ވަންދެން ޓޯސްޓް ކުރާށެވެ. ރަތްވެ ކްރިސްޕީވެ ޗީޒު ވިރުމުން ނަގާލާށެވެ.

5. ދެން ޓޯޓިއާަތައް ދެބައިކޮށްލުމަށްފަހު ކާލަންވީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...