މިއަދު އޮތް ރަސްމިއްޔާތުގައި ވޮއިސްގެ ފަރާތުން ސޮއިކުރުން
މިއަދު އޮތް ރަސްމިއްޔާތުގައި ވޮއިސްގެ ފަރާތުން ސޮއިކުރުން
ހަބަރު 14 Sep 2026 | 18:21

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިް ބުނީ އެއްވަނައަށް ހޮވޭ ލޯގޯއެއް އިއުލާނު ކުރުން އޮންނާނީ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރާ ދުވަހު ކަމަށެވެ. ލޯގޯ ފަރުމާ ކުުރުމާއި ބެހޭ ގަވާއިދާއި ފޯމް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ލޯގޯ ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.

ދިވެހީންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވާ އާލާ ކުރުމުގެ ގޮތުން "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބޮޑު މަޝްރޫޢުއެއް ހިންގަވާނެ ކަން ރައީސް އިއުލާނު ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި
24 Nov 2026 ހަބަރު

ދާ ޖަހައިގެން ފަޅުތެރެއިން މުށިމަސް ނުހިފުމަށް ރ.މީދޫ ކައުންސިލުން އިލްތިމާސްކޮށްފި

މީދޫ ފަޅުތެރެއިން ދާ ޖަހައިގެން ބައެއް ފަރާތްތަކުން މުށިމަސް ހިފަމުންދާތީ، ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ވާތީވެ އެކަން ނުކުރުމަށް އެދޭކަމަށެވެ.

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ
24 Nov 2026 ހަބަރު

އައްޑޫ ފޭދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް، އާއިލާއަށް އެހީ ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ބޯޑެއް ޝޯޓްވެގެންނެވެ.

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ
24 Nov 2026 ހަބަރު

އިއްބެ ނިޔާވީ ކަމަށް ނިންމާ ހުކުރު ދުވަހު ކަށުނަމާދު ކުރަނީ

ކަށުނަމާދު ޕޭޖުގައިވާ ގޮތުން އިއްބެގެ މައްޗަށް ޢައިބަށް ކުރެވޭ ކަށު ނަމާދު އަންނަ ހުކުރު ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އޮންނާނެ އެވެ.

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް
24 Nov 2026 ހަބަރު

އިންޑިއަން އައިޑަލްގެ ފުރަތަމަ ޗެމްޕިއަން އަބިޖީތު ސާވަންތު އުރީދޫ ފަންރަން މިއުޒިކް ޝޯއަށް

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ
24 Nov 2026 ހަބަރު

އަންނަ މަހުން ފެށިގެން ހުޅުމީދޫ އާއި ގަމާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަނީ

އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައާރަފްކުރާ އައު ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާއި ދެމެދު ކުރެވިގެންދާ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
24 Nov 2026 ހަބަރު

ނަފްސާނީ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި
24 Nov 2026 ހަބަރު

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން 2 މިލިއަން ޑޮލަރު ދޭން ކުރި ޙުކުމް ބާތިލްކޮށްފި

ސެންޓަރ ސެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަން ޑޮލަރު ދެއްކުމަށް ސިވިލްކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރިއިރު، އެކުންފުނީގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި
24 Nov 2026 ހަބަރު

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި

އައު ޑިޒައިންގެ ފުރަތަމަ އޮއިވާލި ކަނދުފަތި ތޮއްޑޫ ބޭރުގައި އަޅައިފި އެވެ.