އީސީން ޕީޕީއެމްއަށް ފައިސާއެއް ނުދިން!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން، ސިޔާސީ ޕާޓީތަކަށް ދޭ ފައިސާާގެ ތެރެއިން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދޭންޖެހޭ ފައިސާ ހިފަހައްޓައި، އެހެން ޕާޓީތަކުގެ ފައިސާ ދޫކޮށްފިއެވެ.
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ދޫކޮށްފައިވަނީ ދެވަނަ ބުރުގެ ފައިސާއެވެ. މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ޕީޕީއެމްއަށް ފައިސާ ދޫކޮށްފައިނުވަނީ އެ ޕާޓީގެ މައްސަލައެއް ކޯޓުގައި ކުރިއަށްދާތީ ކަމަށެވެ.
މައްސަލަ ނިމުނުހާ އަވަހަަށް އެ ޕާޓީގެ ފައިސާ ހަވާލު ކުރެވިގެންދާނެކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ދެވަނަ ބުރުގައި ފައިސާ ދީފައިވާ ގޮތަށް ބަލާލާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ދެވަނަ ބުރުގައި 5.6 މިލިއަން ރުފިޔާ ދީފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 1.9 މިލިއަން ރުފިޔާ ދީފައި ވެއެވެ. އަދި އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.
ޕީޕީއެމަށް ދެވަނަ ބުރުގައި ވަނީ 8.7 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް