ރައީސް ޔާމީން ހައިކޯޓްގައި
ރައީސް ޔާމީން ހައިކޯޓްގައި
ރިޕޯޓް 15 Apr 2024 | 05:36

ރައީސް ޔާމީންގެ މައްސަލަ ނުނިމިގެން މިއުޅެނީ ކީއްވެ؟

ހައިކޯޓުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އެންމެ ފަހު ޝަރީއަތުގެ އަޑު އެހުން ބޭއްވުމަށްފަހު ހުކުމް އިއްވާ މަޖިލިސް ނުބާއްވައި ދިގުދަންމާލާފައި ހިފަހައްޓައިގެން ތިބޭތާ ފަސް މަސްދުވަސްވީއެވެ.

މިދުވަސްތަކުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުން އާއިލާއާއެކު ޗުއްޓީ ދަތުރުތައް އަޅައި އީދުގެ މަޖަލުގައި ބައިވެރިވެ ލައްކަ ކަންކަން ހިންގަވައިފިއެވެ. މިރާއްޖޭގައި މިފަހަކަށް އައިސް ހިންގި އެންމެ ބޮޑު ސިޔާސީ ޝަރީއަތުގައި އިންތިޚާބަކަށްފަހު އިންތިޚާބެއް، އީދަކަށްފަހު އީދެއް އައިސް ފައިބައިގެންދާއިރު ކުރީގެ ރައީސަކަށް އިންސާފު ގާއިމުކޮށްދޭން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް އޮތް މަސްއޫލިއްޔަތުގެ މަތިން މިއިން ބޭފުޅަކު ހަނދުމަފުޅު ވާހެންނެއް ހިއެއް ނުވެއެވެ.

ރާއްޖޭގެ މަސްރަހުން މިފަހަކަށް އައިސް އެންމެ ގަދަޔަށް އިވުނު އަޑަކީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ސަރުކާރުގައި ފުލުފުލުގައި ކުރި ދައުވާތަކުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓުން އިއްވަމުންދިޔަ "ސިޔާސީ ހުކުމް" ތަކަށް އިންސާފު ހޯދައިދިނުމުގެ ވާހަކައެވެ. އެވާހަކަ އެންމެ ބޮޑަށް ދެއްކީ ޔާމީން ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމާއި ޕީއެންސީގެ ލީޑަރުންނާއި އެދެޕާޓީގެ ސަޕޯޓަރުންނެވެ.

ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ސާލިހްގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އިންތިޚާބު ކުރުމުން މިހާރު މިއޮތީ ޕީޕީއެމްގެ ސަރުކާރެކެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވިތާ 5 މަސް ދުވަސްވެގެންދިޔައިރު ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނުނަމަ ހައިކޯޓުން މަރުތަޅުއަޅުވައިގެން އުޅޭ މައްސަލާގައި ކޮންމެވެސް ނިންމުމެއް މިހާރު ފެނުނީސް ކަމަށް ޕީޕީއެމްގެ ތެރޭގައި ވާހަކަ ދެކެވެއެވެ. އެގޮތަށް ވާހަކަ ދައްކައި އުޅުނު މީހުން މިހާރު އެވަނީ ޕީޕީއެމާއި ޕީއެންސީން ވަކިވެގެން ޔާމީން ބައިވެރިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދާފައެވެ.

ރައީސް މުއިއްޒުގެ އަތްޕުޅުގައި ޔާމީނަށް މައާފް ދެއްވުމުގެ ބާރު އެބައޮތްތަ؟

ސުވާލަކީ ހައިކޯޓުން މިމައްސަލަ ނުނިންމައިގެން މިއުޅެނީ ކީއްވެގެންހެއްޔެވެ. ސަރުކާރުގެ ނުފޫޒުން ހެއްޔެވެ. ނުވަތަ އިދިކޮޅު އެމްޑީޕީގެ ނުފޫޒު އަދިވެސް ކޯޓްތެރެއިން ނުނެއްޓިގެން އުޅެނީ ހެއްޔެވެ.

މިސުވާލާއިގެން ދިއުމުގެ ކުރިން އިހަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ވައްކަމުގެ މައްސަލައިގެ ޝަރީއަތަށް ސާބިތުވެފައިވާ ވައްކަމުގެ އިސް ދެފަރާތް ވައްކަމަށް ޒިރޯ ޓޮލަރެންސްގެ ވައުދުވެވަޑައިގަތް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމުން ފައިބައިވަޑައިގަންނަވަމުން އެވައްކަމަކީ ޖޯކަކަށް ހައްދަވައި ކުއްލިއަކަށް މައާފްދެއްވައި އެ ހެއްދެވިގޮތަށް ރައީސް މުޙައްމަދު މުޢިއްޒު ރައީސް ޔާމީނަށް މައާފް ނުދެއްވައިގެން އުޅުއްވަނީ ކީއްވެގެންތޯ ބަލާލަންޖެހެއެވެ.

ޕީޕީއެމްގެ ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުން ރައީސަށް މާއާފްދެއްވިދާނެއެވެ. ނުދެއްވަނީ ޔާމީނާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާތީއެވެ.

މިގޮތަށް ހީވިޔަސް ޤާނޫނީ އިލްމުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި އަދީބަށް ރައީސް ސާލިހް މައާފް ދެއްވިގޮތަށް ޔާމީނަށް މައާފްދެއްވޭނެ އެއްވެސް ދޮރެއް ހުޅުވިފައެއް ނެތެވެ.

އަދީބަށް މައާފްދެއްވާފައި އެވަނީ ދުރާލައި ރާވައިގެންނެވެ. އަދީބުގެ މައްސަލައިގެ ޝަރުއީ މަރްހަލާތައް އޮތީ ނިންމައިފައެވެ. އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރާން ހުށަނާޅައި ރައީސް އަރިހުގައި އެދިވަޑައިގަތީ މައާފް ކޮށްދެއްވުމަށެވެ. މި މަރްހަލާގައި ރައީސަށް މައާފް ކޮށްދިނުމުގެ ބާރު ގާނޫނީގޮތުން ފަހިކޮށްދީފައި އޮވެއެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ޝަރުއީ މަރްހަލާއެއް ނުނިމެއެވެ. ރައީސްގެ މައާފެއް ޔާމީން ކޮންމެހެން ބޭނުންފުޅެއްވެސް ނުވެއެވެ.

ބޭނުންފުޅުވަނީ ޝަރުއީ މަރްހަލާގެ ތެރެއިން ކުށެއް ނެތްކަން ސާބިތުކުރައްވައިގެން ނުކުމެވަޑައިގަތުމަށެވެ. އެހެންވީމާ ވަޑައިގެންނެވީ ދަށުކޯޓުގެ ހުކުމް ހިއްޕަވައިގެން ހައިކޯޓަށެވެ.

ހައިކޯޓްގެ ފަނޑިޔާރުން މިކުޅުއްވަނީ ކޮންގޭމެއް؟

ރައީސް ޔާމީނަށް ހުކުމްކޮށްދެއްވާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ދެއްވި

ސުވާލު މިއުފެދެނީ ހައިކޯޓުގެ އިސްތިއުނާފީ މައްސަލައާއި ގުޅިގެންނެވެ. މިމައްސަލަ ހައިކޯޓުތެރޭގައި ދިގު ދަންމައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ވަނީ ގެއްލުވާލާފައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން ދެކޭގޮތުގައި ހައިކޯޓުން މިމައްސަލައިގައި އަޅުވައިގެން އުޅޭ ތަޅު ނެއްޓުވުމަށް ސަރުކާރަށް ބާރުއެޅިދާނެއެވެ. އެޖަޒުބާތު ޕީޕީއެމްގެތެރޭގައި ފުދޭވަރަކަށް ގަދައެވެ. އެކަމަކު ހަގީގަތަކީ ރައީސް މުޢިއްޒަށް ޖެހިވަޑައިގެންފައިވަނީ އެއަށްވުރެ ބޮޑު ހާލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީގެ ބާރު ބޭނުންކޮށްގެން އެމަނިކުފާނުގެ ސަރުކާރަށް ރުހުން ނުދީ ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓަށް ގޮންޖަހާފައި އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް ނަގަން ރާވާފައި އޮތް އިމްޕީޗް ކުރުމުގެ މައްސަލައިން ސަލާމަތްކަން ހޯދަން އޮތީ ޖެހިވަޑައިގެންފައެވެ.

ގުޅިފަޅު މަޝްރޫއުގެ މަސައްކަތް ހުއްޓައިލާން މިދިޔަ ފެބްރުއަރީ މަހު ހައިކޯޓުން ނެރުނު އަމުރުން އެކޯޓުގެ ޝަރީއަތްތަކަށް އެޅިފައިވާ ނުފޫޒާއި ބާރު ތަސައްވަރު ކުރެވިދާނެއެވެ. މީގެކުރިން ހައިކޯޓަކީ ރާއްޖޭގައި އެންމެ އިތުބާރު ކުރެވުނު ކޯޓެވެ. އެކޯޓުގެ ފަނޑިޔާރުންގެ އިންޓެގްރިޓީއާއިމެދު މީހަކު ވަރަށް ސުވާލެއް ނުއުފައްދާނެއެވެ.

އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށުކޯޓްތައް އޯވަރހޯލްކޮށް ކުރީގެ ފަނޑިޔާރުންތައް ބޭރުކޮށް ރައީސް ޔާމީންގެ ޝަރީއަތާއި ދިމާކޮށް ހައިކޯޓަށް މުޅިން އާ ބެންޗެއް އުފެއްދިފަހުން އެކޯޓާއިމެދު  ކުރެވޭ އުއްމީދެއް މިހާރަކު ނުފެންނާނެއެވެ.

އެންމެފަހުން އިސްކުރި ދެފަނޑިޔާރުންނަކީވެސް ޖޭއެސްސީގެ ރައީސާ ރަނގަޅަށް އިތުބާރު ހޯއްދަވާފައިވާ ދެފަނޑިޔާރުންކަމަށް ބުނާތީ އިވެއެވެ. ފަނޑިޔާރުގެއާއި ކުޅެފައިވަނީ ވަރަށް ބޮޑަށް ރާވައި މުޅި ނިޒާމްގެ ކޮންޓްރޯލް އަތުލައިގަނެވޭގޮތަށެވެ. އެހެންވީމާ ހައިކޯޓު މިހާރު އެކުލަވާލެވިފައި އޮތްގޮތަކީ އިދިކޮޅުގެ ބާރާއި ނުފޫޒު ނެތްތަނެއްކަމަށް ގަބޫލުކުރަން އުނދަގުލެވެ.

ކޯޓަށް ނުފޫޒުފޯރުވުން ހުއްޓިއަސް މިނިވަނެއްނުވޭ

ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސީދާ ސަރުކާރުން ކޯޓްތަކަށް ފޯރުވަމުން އައި ނުފޫޒު ދޫކޮށްލައްވައި ފަނޑިޔާރުގެއަށް މިނިވަންކަން ދީ އިންސާފުވެރި ޝަރީއަތެއްގެ ތެރެއިން ޔާމީނަށް އިންސާފު ގާއިމުކޮށްދިނުންކަމުގައި ވިޔަސް އެކަމެއް ނުހިގިއެވެ.

ރައީސް ޔާމީންގެ މައްސަލާގައި ސާލިހްގެ ވެރިކަމުގައި ހައިކޯޓްގައި އެޅުވި ތަޅެއް ނުހުޅުވުނެވެ. އެކޯޓަށް ނުފޫޒު ފޯރުވަނީ އިދިކޮޅު އެމްޑީޕީންކަމެއް ނުވަތަ ސަރުކާރުން ކަމެއް ބުނާކަށެއް ނޭނގެއެވެ. އެނގޭކަމަކީ ރައީސް ޔާމީން ޖަލުން ނުކުމެވަޑައިނުގެންނެވޭނެ ހުރިހައި ގޮތެއް އެމްޑީޕީން ރާވައިގެން ތިބި ކަމެވެ.

ރިޔާސީ އިންތިޚާބުތެރޭގައި އޭރުގެ ހޯމް މިނިސްޓަރ އިމްރާންގެ ލޯފުޅުން ފައިބައިގެންދިޔަ ކަރުނަތަކާއި ކުރަމުންދިޔަ ދުއާތަކުން އެކަނިވެސް ވިސްނާ މީހަކަށް ފުދިދާނެއެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބު ވިއްކި ހުރިހައި ރަށެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ހުންނެވީ ނަންގަވައިގެންނެވެ. އެއްމައްސަލައަކަށްފަހު އަނެއް މައްސަލައެކެވެ. ހީވަނީ އަދީބަށް އަންނަން އޮތް 800 އަހަރުގެ ޖަލު ހުކުމް ޔާމީނަށް އިއްވަން ނިންމަވައިގެން ތިބި ހެންނެވެ.

ކޮންމެއަކަސް ރައީސް ޔާމީނުގެ މައްސަލާގައި ހައިކޯޓަށް ނުފޫޒުފޯރުވާފައިވަނީ މިދިޔަ ދުވަސްތަކުގައި ކަންކަން ފެނިފައިވާ ގޮތުން ސަރުކާރުންކަމަށް ބުނަން އެހާ ފަސޭހައެއް ނޫނެވެ.

ކޯޓްތަކުގެ ކޮންޓްރޯލް އަބަދުވެސް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ބަޔަކަށެވެ. ރައީސް ޔާމީން ވަކި ސިޔާސީ މަސައްކަތްޕުޅެއް ފައްޓަވާފައިވާތީ ޕީޕީއެމާއި ޕީއެންސީގައި ތިބި ސަޕޯޓަރުން ބައިކޮޅަށް ގެންނަވަން ކުޅުއްވާނެ ކުޅި އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.

މިވަގުތު އެމަނިކުފާނަށް އެންމެ ފައިދާ ބޮޑީ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެކަން އެޅުއްވުމެވެ. ސާފު މަންޒަރެއް ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމައެވެ.

ހިނިއަންނަންޖެހޭ ކަމަކީ ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން އެމަނިކުފާނު ޖަލުގެ ކުޑަގޮޅިއަށްލި އެމްޑީޕީން އިއްޔެ ކުއްލިއަކަށް ތެދުވެ ޖޭއެސްސީގެ ދޮރުގައި ޓަކިޖައްސަވާނެކަމަށް އެޕާޓީގެ އިސްލީޑަރެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވުމުންނެވެ. ރަނގަޅު ސާފު މަންޒަރެއް ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...

އީގަލްސް ހިލްސްއަކީ ނާޖާއިޒު ފައިދާ ނަގަން އުޅޭ ބައެއް، މަޝްރޫއު ހުއްޓައިލުމަށް ރައީސް ޔާމީން ގޮވައިލައްވައިފި
11 Oct 2026 ހަބަރު

އީގަލްސް ހިލްސްއަކީ ނާޖާއިޒު ފައިދާ ނަގަން އުޅޭ ބައެއް، މަޝްރޫއު ހުއްޓައިލުމަށް ރައީސް ޔާމީން ގޮވައިލައްވައިފި

އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށާއި، އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލަ...

ނަޝީދުގެ ޑިމޮކްރަސީ އަކީ ހުސް އަޑެއް, ސޯލިހްގެ ވާހަކަ ދައްކާ ހިތެއްވެސް ނުވޭ: ޔާމީން
04 Oct 2026 ހަބަރު

ނަޝީދުގެ ޑިމޮކްރަސީ އަކީ ހުސް އަޑެއް, ސޯލިހްގެ ވާހަކަ ދައްކާ ހިތެއްވެސް ނުވޭ: ޔާމީން

ރައީސް ނަޝީދުގެ ޑިމޮކްރަސީ އަކީ "ހުސް އަޑު" ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ރޭ އައްޑޫ ...

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި
02 Oct 2026 ހަބަރު

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

ކުރީގެ ރައީސް ޢަބްދުالله ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ. ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ޕީއެންއެފްގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެމަނިކުފާނަށް މަރުހަބާ ދ...

ޝަމްއާންގެ 25 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި
02 Oct 2026 ހަބަރު

ޝަމްއާންގެ 25 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމާ ގުޅޭ ތިން ދައުވާއެއް ސާބިތުވެ، ކްރިމިނަލް ކޯޓުން 25 އަހަރަށް ޖަލަށްލާން ހުކުމްކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދުގެ ފަރާތުން އެ ހުކުމް ހަ...

ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާންކޮށްދިނީ އެމަނިކުފާނު ކުރީން ދެއްކެވި މި ވާހަކަފުޅު
30 Sep 2026 ރިޕޯޓް

ސަރުކާރުގެ ސަޕޯޓަރުން ރައީސް ޔާމީނަށް ހަނދާންކޮށްދިނީ އެމަނިކުފާނު ކުރީން ދެއްކެވި މި ވާހަކަފުޅު

މި ދުވަސްވަރު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުއާ ގުޅޭ އެކި ވާހަކަތަކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގައުމުގައި ކުރެވޭ އެންމެ ބިޔަ އިންވެސްޓްމަން...