ކުރީގެ ތިން ރައީސުން- ފޮޓޯ/ ވޮއިސް
ކުރީގެ ތިން ރައީސުން- ފޮޓޯ/ ވޮއިސް
ހަބަރު 04 Oct 2026 | 09:59

ނަޝީދުގެ ޑިމޮކްރަސީ އަކީ ހުސް އަޑެއް, ސޯލިހްގެ ވާހަކަ ދައްކާ ހިތެއްވެސް ނުވޭ: ޔާމީން

ރައީސް ނަޝީދުގެ ޑިމޮކްރަސީ އަކީ "ހުސް އަޑު" ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ރޭ އައްޑޫ ސިޓީ ފޭދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

އެ ގޮތުން، ޔާމީން ވިދާޅުވީ ތަފާތު ވާހަކަފުޅުތައް ދެއްކެވި ނަމަވެސް އެއީ ޙަޤީޤަތަކަށް ވެފައި ނުވާ ކަމަށެވެ. ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީގެ ނަމުގައި އާބިޓްރަރީކޮށް މީހުން ހައްޔަރުކުރި ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވާ ޑިމޮކްރަސީއަކީ "ހުސް އަޑު" ކަމަށް ޔާމީން ސިފަކުރެއްވިއެވެ.

ޑިމޮކްރަސީ އަކީ ހަމަ ނޮއިސް އެމްޓީ ނޮއިސް އިނގޭތޯ. ރައީސް ސޯލިހްގެ ވާހަކަ ދައްކާ ހިތެއްވެސް ނުވޭ.

ރައީސް ނަޝީދުގެ ވެރިކަމާބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ވެރިކަންތަކާ އަޅައިކިޔުއްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު، ނުފުއްދެވޭ ވަރުގެ ވަޢުދުތައް ވެވަޑައިނުގެން ރައްޔިތުންގެ އިތުބާރު ހޯއްދެވި ކަމަށެވެ. އަދި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކޮވިޑް-19 ގެ ޙާލަތަށް ފަހު ތަރައްޤީގެ މަސައްކަތަށް ލިބިވަޑައިގެންނެވި ދެ އަހަރާ ބައިގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް ގެނެސްދެވިފައި ނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ އަމިއްލަފުޅު ވެރިކަމުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވި ކަމަށާއި ނުކުރެއްވޭ ވަރުގެ ކަންކަމުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ނުދައްކަވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވައިލައްވައި ޔާމީން ވިދާޅުވީ، ސިޔާސީ ލީޑަރުން ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒާ އެކު ތިއްބެވި ލީޑަރުން މަސައްކަތް ކުރައްވަނީ އަމިއްލަ މަންފާއަށް ކަމަށާއި ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ރައްޔިތުންނަށް ފައިދާ ކުރާ ކަންކަން ނުވާ ކަމަށް ރައްޔިތުން ޤަބޫލުކުރާ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ކުރީގައި ކުރި ފަދަ މުޒާހަރާތަކާއި ހިތްވަރު މިހާރު ނުފެންނަ ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުން ފަދަ ކަންކަން ވެސް ނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ. މަޖިލީހުގައި ބައެއް މެންބަރުން އަޑު އުފުއްލެވި ނަމަވެސް ޕާޓީ އެއް ގަލެއްގެ މަތީގައި ޖެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން ނުފެންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެމްޑީޕީގެ ލީޑަރުން ރައްޔިތުންގެ ފަޅިއަށް ނުކުމެ ވަޑައިގެން ސަރުކާރު ޖަވާބުދާރީ ކުރެއްވުމަށް ޔާމީން ގޮވައިލެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.