N/A
N/A
ހަބަރު 16 Nov 2018 | 05:04

ވިލިނގިލީ ޖަލާއި ޓައިވާން މީހާއަށް ލިބުނު އަނިޔާ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރާއްޖޭގެ ޖަލުތަކަކީ ޒަމާނުއްސުރެ އަނިޔާވެރިކަމާއި، ނޭއްގާނީ އެތަކެއް އަމަލުތަކެއް ހިންގާ ތަންތަނުގެ ގޮތުގަައި މަޝްހޫރުވެފައިވާ ތަންތަނެވެ. ޖަލުތައް ބެލެހެއްޓުމީ ހަމައެއް ލަމައެއް ނެތް، ގާނޫނެއް އޮތަަސް އެގާނޫނު ބޮލާލައި ޖަހައި ކުރަމުންދިޔަ ކަމެކެވެ. ގިނަ ފަރާތްތަކަށް ޖަލުތަކުގައި ހިނގާ އަނިޔާގެ ވާހަކަ ހާމަވެގެންދިޔައީ ކުރީގެ ރައީސް މައުމޫންގެ ދައުރުގައި 2003 ވަނަ އަހަރުގެ ތެރޭގައި ރަހުމްކުޑަކޮށް އަނިޔާކޮށް މަރާލި އިވާން ނަސީމްގެ މަރާއި ގުޅިގެންނެވެ.

ނަމަވެސް ޖަލުތަކުގައި ބައިތިއްބާފައި ތިބޭ ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތަކީ އަބަދުވެސް ޖަލުތަކުގައި އޮތްކަމެއް ކަމީ ތާރީހުގެ އަނދިރި ސަފްހާތަކަށް ފީނާ ނަޒަރު ހިންގާލުމުން އެނގިހާމަވެގެންދާ ކަމެކެވެ. މިގޮތުން ކުރީގެ ރައީސް އަދި ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިންގެވި މާލެ ވިލިނގިލީ ޖަލަކީ އަނިޔާގެ ހާއްޔަކަށް ވެނިމުނު ތަނެކެވެ. އެހެނަސް ތާރީހުގެ ތެރެއިން ފަސްއަަޅައި ފޮރުވާލެވިފައިވާ ސަފްހާއެކެވެ.

ވިލިނގިލީ ޖަލުގައި ހިނގައިދިޔަ އަނިޔާގެ ހާދިސާއަކުން ރާއްޖެއާއި ބޭރުގެ ގައުމެއްގެ ގުޅުން ހީނަރުނުވެ، ކިރިޔަ ކިރިޔާ ސަލާމަތްވެގެންދިޔަ ވާހަކައަކީ މަދު ބަޔަކު މެނުވީ ދަންނާާނެ ވާހަކައެއްނޫނެވެ. ނަމަވެސް ވިލިނގިލީ ޖަލުގައި ހުރި ޓައިވާާން މީހަކަށް ކުރި އަނިޔާއިން، ދެގައުމުގެ ގުޅުން ހީނަރުވެގެން ދިއުމުގެ ފުރުސަތު ކިތަންމެހާވެސް އޮތެވެ.

މި ވާހަކަ ފެށިގެން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ޓައިވާންގެ މަސްވެރިންތަކެއް ވަން ހިސާބުންނެވެ. އެމީހުން ރާއްޖޭގެ ބެލުމުގެ ދަށަށް ގެނެވި، ވަކި ގޮތެއް ނިމެންދެން ޖަލު ބަންދަށް ގެންދެވުނެވެ. އެމީހުން ބަންދުގައި ބޭތިއްބީ މިވަގުތު އިސްލާމީ މަރުކަޒުހުރި ސަރަހައްދުގައި އޭރު ހުރި ޖަލުގޮޅިތަކެއްގައެވެ.

އޭރު ރާއްޖެއާއި ޓައިވާނާއި ދެމެދު ސިޔާސީ ގުޅުންތައް އޮތީ ގާއިމްވެފައެވެ. މާލޭގައި ޓައިވާނުގެ ސަފީރެއް ހުންނެވިއެވެ. ޖަލުގައި ތިބި ޓައިވާންގެ ފަރާތްތަކަށް ޖަލުން އުނދަގޫތައް ކުރިމަތިވުމުން، ސަފީރުގެ އެދިލެއްވުމަކަށް ހުރިހާ މަސްވެރިންތައް ސަފީރުގެ ގެއަށް ބަދަލުކުރެވުނެވެ.

މި މަސްވެރިންތައް ސަފީރުގެ ގޭގައި ތިއްބާ، އޭގެން އެއް މަސްވެރިއަކު އަނެއްކާވެސް ޖަލު ބަންދަށް ގެންދަންޖެހުނެވެ. ބަންދުގައި ހުއްޓާ ހިނގި ކުޑަ “ހާދިސާ" އަކާއި ގުޅިގެންނެވެ. މި މަސްވެރިޔާ ނަމަވެސް ޖަލުގެ ބަންދަށް މިފަހަރު ގެންދެވުނީ އަނިޔާގެ ހާއްޔެއްކަމުގައިވާ ވިލިނގިލީ ޖަލަށެވެ.

ވިލިނގިލީ ޖަލަށް މަސްވެރިޔާ ގެންގޮސް ބެހެއްޓުނީ އެޖަލުގެ މަޝްހޫރު ބޯނުހިއްލާ ގޮޅީގައެވެ. މިގޮޅިއަށް ބޯނުހިއްލާ ގޮޅިއޭ ކިޔުނީ މި ގޮޅި ހަދާފައިވާ ގޮތް ތިރިކަމުންނެވެ. މަސްވެރިޔާ އެ ގޮޅިއަށް ގެންދިޔަ އިރު، އެގޮޅީގައި އޭރުވެސް އެހެން މީހެއް އޮތެވެ. އެގޮޅީގައި އޭރު އޮތް މީހާއަކީ ހިސާބަކަށް ސިކުނޑީގެ އުނިކަމެއް މީހެއްކަމުގައިވެއެވެ. އެހެންކަމުން ޓައިވާންގެ މަސްވެރިޔާއަށް، އޭނާގެ ފަރާތުން އެތަކެއް ގޯނާތަކާއި ދުއްތުރާތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

އޭރު ޖަލުގައި ކަންތައްތައް އޮންނަ ގޮތުން ފާހަނައަށް ދާންޖެހޭނީ ފާލަމެއްގައި ހަދާފައި އޮންނަ ސަރަހައްދަކަށެވެ. ޓައިވާން މީހާއަށްވެސް ފާހަނައިގެ ނަންބަރު ޖެހުމުން އޭނާވެސް ފާހަނަކުރުމަށް ދިޔައެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއި ހުރެ ފާހަނާކުރުމުގެ ބަދަލުގައި، އޭނާ މޫދަށް ފުންމާލީއެވެ. ފަތައިގެން ވިލިނގިއްޔާއި ދުރަށެވެ. ފަހަރެއްގައި ޖަލުގެ އަނިޔާއަށް ކެތްނުކުރެވިގެން ކަމުގައި ވެދާނެއެވެ.

މި މަސްވެރިޔާ ފަތާފައި ދާތަން ފެނުމުން ސިފައިން އޭނާ ފަހައިގޮސް، އަނބުރާ ވިލިނގިއްޔަށް ގެނެވުނެވެ. ޖަލުން ފިލުމަކީ އޭރުގެ އުސޫލުން ޖަލުގެ ރަސްކަލުންނަށް ބޯނުލެނބުންފަދަ ކަމެކެވެ. އެހެންކަމުން އެމީހާ ގެންގޮސް ފަލަ ރުކެއްގައި ދެއަތާއި ދެފައި ބާރުކޮށް ބަނދެލިއެވެ. އެއަށްފަހު ސިފައިންގެ ބޭކަލަކު އޭނާ ނޭވާ ހާަސްކޮށް އަނިޔާކުރުމުގެ ނިޔަތުގައި، އޭނާ ވަށައިގެން މިރުސް ދުން އެޅިއެވެ. އެ މަސްވެރިޔާ އޭނާ ދޫކޮށްދިނުމަށްއެދި އެނގުނު ގޮތަކުން ކުރި އާދޭހުގެ އަޑަށް، ސިފައިން ދިނީ ބީރު ކަންފަތެކެވެ.

ނަމަވެސް ނަސީބު އޮތީ އެ ޓައިވާނުގެ މަސްވެރިޔާގެ ކިބައިގައެވެ. ސަރުކާރުގެ އިސް ބޭފުޅަކު ވިލިނގިއްޔަށް ވަޑައިގެން އުޅުއްވިއެވެ. އެ ބޭފުޅާއަށް، މި މަންޒަރު ފެނިލެއްވުމުން ވަގުތުން ވަގުތަށް އެމީހާ ދޫކޮށްލުމަށް އަމުރުކުރިއެވެ. އެއީ ބޭރު މީހެއްކަމަށާއި، އޭނާއަށް އަނިޔާ ކޮށްފިނަމަ ބޮޑެތި މައްސަލަތަކާއި ކުރިމަތިވެދާނެކަމަށް ވިދާޅުވެއެވެ.

ޓައިވާންގެ މަސްވެރިޔާގެ ނަސީބު އޮތީ ރަންކޮށެވެ. ބޭރު މީހަކަށް ވީތީ ސުމާރެއް ނެތް އަނިޔާތަކުން މިންޖުވެގެންދިޔައީއެވެ. ރާއްޖެއާއި އެހެން ގައުމެއްގެ ސިޔާސީ ގުޅުން ހީނަރުވެގެން ދިއުމުގެ ތުންފަތްމަތީ އޮއްވާ ސަލާމަތްކޮށްދެމުންނެވެ. އެހެނަސް އެ ޖަލުގައި އަނިޔާލިބި، މަރުވި އެހެން ފަރާތްތަކުގެ ނަސީބު އޮތީ އެހެންނެއް ނޫނެވެ. ތާރީހުގެ އަނދިރި ސަފްހާތަކުގެ އަނދިރީގެ ތެރެއަށް ގެއްލި ނިމިދިޔައީއެވެ.

މައުލޫމާތު ނެގީ: އަަޅުގަނޑުގެ ހަނދާާންތައް 1- ސިއްކަގޭ މުހައްމަދު ނަސީމް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...