ޗޮކޮލެޓް ކްރީމް ޕައި
ޗޮކޮލެޓް ކްރީމް ޕައި
ލައިފްސްޓައިލް 06 Sep 2024 | 04:42

މިއޮތީ ހުކުރު ދުވަހު މެންދުރު ޑެޒާޓަަކަށް ހަދާލަން ރަނގަޅު އެއްޗެއްގެ ރެސިޕީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުކުރު ދުވަހަކީ ދިވެހިންގެ ގެތަކަށް ކުޑަ ޢީދެއް އަންނަ ދުވަހެކެވެ. އެހެން ކަމުން، އެ ދުވަހު މީރުކޮށް ޚާއްސަ ކެއްކުމެއް ކައްކާލުމަކީ ދިވެހިންގެ އާދައެކެވެ. މިއަދު ”ވޮއިސް“ގެ ބަދިގެއިން މި ގެނެސްދެނީ ހުކުރު ސުފުރާއަށް އިތުރުކޮށްލާނެ ފޮނި ބާވަތެއްގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

ކްރަސްޓް:

▢ 30 އޯރިއޯ ބިސްކޯދު

▢ 6 މޭޒުސަމުސާ ސޯލްޓެޑް ބަޓަރު

ފިލިން:

▢ ½ ތަށި ހަކުރު

▢ 2 މޭޒުސަމުސާ ކޯންސްޓާޗް

▢ 1 މޭޒުސަމުސާ ކޮކޯ ޕައުޑަރު

▢ 2 ½ ތަށި ހާފް އެންޑް ހާފް (ކްރީމާއި ކިރު މިކްސްކޮށްފައިވާ އެއްޗެއް، މި ނުލިބޭ ނަމަ ކިރާއި ކްރީމް އެއްވަރަށް މިކްސް ކޮށްގެން މީގެ މިކްސް ހެދިދާނެ)

▢ 6 ބިހުގެ ގޮބޮޅި

▢ 4 މޭޒުސަމުސާ ސޯލްޓެޑް ބަޓަރު، ކުދިކޮށް ބުރިކޮށްފައި

▢ 8 އައުންސް ސެމީ-ސްވީޓް ޗޮކްލެޓް، ކުދިކޮށް ކަނޑާފައި

▢ 1 ސައި ސަމުސާ ވެނިލާ އެސެންސް

ވިޕްޑް ކްރީމް:

▢ 1 ތަށި ވަރަށް ފިނި ހެވީ ކްރީމް

▢ 3 މޭޒުސަމުސާ ޕައުޑަރު ހަކުރު

▢ 1 ސައި ސަމުސާ ވެނިލާ އެސެންސް

▢ 1 މޭޒުސަމުސާ ކޯންސްޓާޗް

ތައްޔާރު ކުރާނެގޮތް:

1. އޯރިއޯ ބިސްކޯދު މިކްސަރުން މުގުރާލުމަށްފަހު 6 މޭޒުމަތީ ސަމުސާ ބަޓަރު މެލްޓް ކުރުމަށްފަހު އެއަށް އަޅައި މިކްސް ކޮށްލާށެވެ.

2. އޯރިއޯ މިކްސްޗަރ 9 އިންޗީގެ ޓްރޭއަކަށް އަޅައި ރަނގަޅަށް ފެތުރުވާލާށެވެ. ދެން ބިއްލޫރި ތައްޓެއްގެ ފަހަތުބައިން ޕްރެސް ކޮށްގެން ބިސްކޯދު ރަނގަޅަށް ހަރުކޮށްލާށެވެ. ދެން ކްރަސްޓް ފްރިޖަށް ލާށެވެ.

3. ފިލިން ތައްޔާރުކުރުމަށް، ސޯސްޕޭނެއްގައި ½ ތަށި ހަކުރު، 2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް އަދި 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ އެއްކޮށްލާށެވެ.

4. ވަކި ބޮޑު ތައްޓަކަށް 2 ½ ތަށި ހާފް އެންޑް ހާފް އަދި 6 ބިހުގެ ގޮބޮޅި

އެއްކޮށްލާށެވެ.

5. މި ބިސް މިކްސްޗަރ ސޯސްޕޭނަށް މަޑުމަޑުން އަޅަމުން ހަލުވަމުން ގެންދާށެވެ. މި މިކްސްޗަރ އެއްކޮށް އެއްވުމުން، މެދު ގިނީގައި ކައްކާލާށެވެ.

6. ބޮކި އަރަން ފެށުމުން، މަޑު ގިނީ އިތުރު އެއް މިނެޓަށް ކައްކާށެވެ. ކައްކަމުންދާއިރު ރަނގަޅަށް ހަލުވަންވާނެއެވެ.

7. ދެން 4 މޭޒުމަތީ ސަމުސާ ބަޓަރު، 8 އައުންސް ސެމީ-ސްވީޓް ޗޮކްލެޓް އަދި 1 ސަމުސާ ވެނިލާ އެސެންސް އެއަށް އަޅައި ހުރިހާ ތަކެތި ވިރެންދެން އެއްކުރާށެވެ.

8. މި މިކްސްޗަރ ފިނިކޮށްފައިވާ ކްރަސްޓަށް އަޅާށެވެ. ޕްލާސްޓިކް ރެޕް ޕައިގެ މަތީގައި އަޅުވައި މަދުވެގެން 6 ގަޑިއިރަށް ފްރިޖަށް ލާށެވެ.

9. ޕައި ފިނިވުމުން، ވިޕްޑް ކްރީމް ތައްޔާރުކުރާށެވެ. 1 ތަށި ފިނި ހެވީ ކްރީމް ފިނިކޮށްފައިވާ މިކްސަރ ބައުލަކަށް އަޅާށެވެ. އެއަށް 3 މޭޒުމަތީ ސަމުސާ ޕައުޑަރ ހަކުރު އަދި 1 ސަމުސާ ވެނިލާ އެސެންސް އަޅައި ހޭންޑް މިކްސަރަކުން ވިޕްކޮށްލާށެވެ. ދެން 1 މޭޒުމަތީ ސަމުސާ ކޯންސްޓާޗް އަޅައި އެކުލަވާލާށެވެ.

ވިޕްޑް ކްރީމް ފިނިކޮށްފައިވާ ޕައިގެ މަތީގައި އި އެއްވަރަށް ފެތުރުވާލާށެވެ.

ބޭނުންނަމަ ކުދިކޮށް ތަޅާފައިވާ އޯރިއޯ ނުވަތަ ޗޮކްލެޓް ޝޭވިންގްސް މަތީގައި އަޅާފައި ސަރވް ކުރާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...