އިބޫގެ ސަރުކާރެއްގަ އިސް މަގާމެއްގަ ހުރުން މުހިންމެއް ނޫން : ރައީސް ނަޝީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގަ އިސް މަގާމެއްގައި ހުރުން މުހިންމު ނޫން ކަމަށް 3 އަހަރަށް ވުރެ ގިނަދުވަސް ފަހުން އިއްޔެ ރާއްޖެ ވަޑައިގަންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އަމިއްލަ ފުޅަށް އިނގިރޭސި ވިލާތައް އަރުވާލެވިގެން ހުންނެވުމަށް ފަހު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގަންނެވި ދެއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
މި ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިސް މަގާމެއްގައި ނުހުންނެވިއަސް އިންތިހާބީ ރައީސް އިބޫގެ ސަރުކާރެއްގައި އެމަނިކުފާނު ބޭނުންވާ ހިޔާލެއް ފާޅުކުރެވޭނެކަމުގައެވެ. އަދި އިންތިހާބީ ރައީސް އަކީ އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ އަދި ވަރަށް ގާތް އެކުވެރިއެއް ގޮތުގައި ސިފަކުރެއްވިއެވެ.
އަދި މި ބައްދަލުވުމުގައި އިބޫ އަކީ ރައީސް ނަޝީދުގެ ހިޔަންޏެއް ތޯ މީޑިއާތަކުން ވަނީ ސުވާލު އުފައްދަވާފައެވެ.
އެެކަމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް އިބޫ އަކީ ހިޔަންޏަކަށް ދުވަހަކުވެސް ނުވާނެ ކަމަށާއި އެއީ އަބަދުވެސް މުގުލެއްގެގޮތުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އަދި އިންތިހާބީ ރައީސް އިބޫ އަކީ ކުޑައިރުންފެށިގެން ވަރަށް ގާތް ދެއެކުވެރިންނެވެ. އަދި އިބޫ އަކީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބްގައި ރައީސް ނަޝީދު ކެމްޕެއިން ކަންތަކުގައިވެސް އިސްކޮށް ހުންނެވި ބޭފުޅެކެވެ. އަދި 2018 ވަނަ އިންތިހާބުގައި ފުރަތަމަ ކެނޑިޑޭޓެއް ގޮތުގައި ނުކުންނަވާނެ ކަމަށް އިއުލާން ކުރުމަށްފަހު އެކަން ނުކުރެވުމުން ރިޔާސީ އިންތިހާބްގައި ވަނީ އިންތިހާބީ ރައީސް އިބޫ ވެރިކަމަށް ގެނައުމަށް އެބޭފުޅާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް