އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ތެރެއިން.. ފޮޓޯ: އެތްލެޓިކްސް އެސޯސިސޭޝަން އޮފް މޯލްޑިވްސް
އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގެ ތެރެއިން.. ފޮޓޯ: އެތްލެޓިކްސް އެސޯސިސޭޝަން އޮފް މޯލްޑިވްސް
ކުޅިވަރު 13 Feb 2025 | 11:34

މިއަހަރުގެ އެތްލެޓިކްސް ކަލަންޑަރުގައި 11 މުބާރާތެއް ހިމަނައިފި!

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2025 ވަނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ މުބާރާތްތަކުގެ ކަލަންޑަރު މިއަދު އާންމުކޮށްފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ކަލަންޑަރުގައި ޖުމްލަ 11 މުބާރާތެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ދެ ރޯޑްރޭހާއެކު ޖޫނިއަރ ފަސް މުބާރާތާއި ސީނިއަރ ތިން މުބާރާތުގެ އިތުރުން މިއަހަރު މުޅިން އަލަށް ބާއްވާ މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް ހިމެނެއެވެ.

އެގޮތުން މިއަހަރު ބާއްވާ އެންމެ ފުރަތަމަ މުބާރާތަކީ އެސޯސިއޭޝަން ޗެންޕިއަންޝިޕެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އެޕްރީލް 2025 އިން 26 އެޕްރީލް 2025 ގެ ނިޔަލަށް މާލޭ ސިޓީ، ކުޅިވަރު އެކުވެނީ ސިންތެޓިކް ޓެރެކުގައެވެ.

މިއަހަރުގެ ދެވަނަ މުބާރާތަކަށް ތާވަލުކުރެވިފައި އޮތީ 1 މެއި 2025 އިން 3 މެއި 2025 ގެ ނިޔަލަށް ބާއްވާ މާސްޓަރސް އެތްލެޓިކް ޗެންޕިއަންޝިޕެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. މިއީ މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން ބާއްވާ މުބާރާތެކެވެ.

މީގެ އިތުރުން 2 މެއި 2025 ވަނަ ދުވަހު "ދިރާގު ފުވައްމުލައް ރަން" ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަހަރުގެ އެންމެ ބޮޑު އެއް އިވެންޓް ކިޑްސް އެތްލެޓިކް ފިއެސްޓާ ބޭއްވުމަށް ތާވަލުކުރެވިފައި ވަނީ 10 މެއި 2025 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.

ނެޝަނަލް ޖޫނިއަރ އެތްކެޓިކްސް ޗެންޕިއަންޝިޕް 17 މެއި 2025 އިން 22 މެއި 2025 ގެ ނިޔަލަށް ބޭއްވުމަށް ތާވަލުކުރެވިފައިވާއިރު އަހަރުގެ ފުރަތަމަ ސްކޫލް މުބާރާތް "ލާމު އިންޓަރ ސްކޫލް އެތްކެޓިކްސް ޗެންޕިއަންޝިޕް" ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 3 ޖޫން 2025 އިން 5 ޖޫން 2025 އަށެވެ.

އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް 21 ޖޫން 2025 އިން 26 ޖޫން 2025 ތާވަލުކޮށްފައިވާއިރު، ނެޝަނަލް އެތްލެޓިކްސް ޗެންޕިއަންޝިޕް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 14 އޮގަސްޓް 2025 އިން 16 އޮގަސްޓް 2025 އަށް މާލޭ ސިޓީ، ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައެވެ.

މީގެ އިތުރުން މާލޭ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 4 އޮކްޓޯބަރު 2025 އިން 9 އޮކްޓޯބަރު 2025 ގެ ނިޔަލަށް ހުޅުމާލޭ ސިތެޓިކް ޓްރެކުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާއިރު،  ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 އޮޓޯބަރު 2025 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

އެތްލެޓިކް ކަލަންޑަރުގައި އަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ތާވަލުކުރެވިފައި ވަނީ 7 ނޮވެންބަރު 2025 އިން 8 މޮވެންބަރު 2025 ގެ ނިޔަލަށް މާލޭ ސިޓީ، ކުޅިވަރު އެކުވެނީ ސިތެޓިކް ޓްރެކުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ، ނެޝަނަލް ގްރޭންޑް ޕްރީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...