އޮލިސޭ ލަނޑު ޖެހުމަށްފަހު.. ފޮޓޯ: ބެއިން ސްޕޯޓްސް
އޮލިސޭ ލަނޑު ޖެހުމަށްފަހު.. ފޮޓޯ: ބެއިން ސްޕޯޓްސް
ކުޅިވަރު 29 Sep 2026 | 03:05

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި, އޮލިސޭ ފްރާންސް މޮޅުކޮށްދީފި

ޔުއެފާ ނޭޝަންސް ލީގް އޭ ގްރޫޕް އެކެއްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗް ފްރާންސުން ކާމިޔާބުކޮށްފިއެވެ.

ބެލްޖިއަމްގެ މައްޗަށް މިމެޗްގައި ފްރާންސް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފްރާންސަށް ޖަހައިދިނީ މެޗްގެ ފަހުވަގުތުގެ ތެރޭގައި އޮލިސޭއެވެ. މެޗްގައި އޮލިސޭ ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގައެވެ.

މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނީ 12 ވަނަ މިނެޓުގައި ޑެސިރޭ ދޫއޭ އަށެވެ. ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން ދޫއޭ ނަގައިދިން ހިތްގައިމު ހުރަހަކުން އެސްޓެބަން ލެޕޯލް ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ސެން ލަމެންސް ވަނީ ދިފާއުކޮށްފައެވެ.

މިމެޗްގައި އަނިޔާގެ ސަބަބުން އިތުބާރު ފޯވަޑް އެމްބާޕޭ ނުކުޅެއެވެ. އެގޮތުން އެމްބާޕޭ ނެތްތަން ދެއްކިއިރު، އޮލިސޭ ކޮޅެން އެރުމާއެު ފްރާންސް ރަނގަޅުވެގެން ދިޔަތަން ފާހަގަކުރެވުނެވެ.

ފްރާންސްގެ ކޯޗް ޒިދާން ވަނީ މި މެޗަށް ނިކުތް ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އޮސްމާން ޑެމްބެލޭ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ބެންޗުގައި ބޭތިއްބިއިރު، އެންޑީ ޑިއޯފް، ޖެރެމީ ޖެކޭ އަދި ޑަ ކޫންހާ ވަނީ އަލަށް ފްރާންސްގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މިއީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހަށްފަހު ފްރާންސްގެ ފުރަތަމަ އެގާރައިގައި މިހާ ގިނަ އާ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.

ބެލްޖިއަމް މެޗް ކާމިޔާބުކުރެވުމާއެކު ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުނު ދެ މެޗުން ވެސް ފްރާންސުން ވަނީ ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.