ޚުތުބާ އަޑު އަހަނީ:
ޚުތުބާ އަޑު އަހަނީ:
ދީން 23 Jan 2026 | 08:08

”ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ“

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފާއިތުވި ރަމަޟާން މަހުގެ ރޯދަތައް ޤަޟާ ނުކުރެވި ހުރި ނަމަ، އެ ރޯދަތައް ޤަޟާކުރަން އަވަސްވެގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ޝަޢުބާން މަހު ކުރެވޭ ހެޔޮ ޢަމަލު" މި މައުޟޫޢުގެ މައްޗަށް ބިނާކޮށް މިއަދު އިއްވި ޚުތުބާގައި ބުނީ، މިހާރު އަހަރެމެން ގުނަމުންދާ ޝަޢުބާން މަހަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށްޓަކައި ތައްޔާރުވާން އޮތް ޚާއްޞަ މަހެއް ކަމަށެވެ. އެގޮތުން، ރޯދައާ ގުޅޭ ދީނީ ޙުކުމްތައް އުނގެނުމަށާއި، މި މަހު ސުންނަތް ރޯދަ ހިފައި، ހެޔޮ ޢަމަލުތައް ގިނަކޮށް އަޅުކަމުގައި ހީވާގިވުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.

ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް އަލިއަޅުވާލަމުން ޚުތުބާގައި ބަޔާންކުރީ، ޝަޢުބާން މަހަކީ މީސްތަކުން އެ މަހަކާ މެދު ޣާފިލުވެފައިވާ މަހެއް ކަމަށާއި، ނަމަވެސް އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މަސް ކަމަށެވެ. އެހެންކަމުން، ރޯދައަށް ހުރެ ޢަމަލުތައް އުފުއްލެވުމަށް އެކަލޭގެފާނު ލޯބިކުރެއްވި ކަމަށް ޙަދީޘްފުޅުތަކުން އެނގެން އޮތްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި އިތުރަށް ބުނީ، ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަކީ މުހިންމު ކަމެއް ކަމަށާއި، މާތް اللهގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުން ނަމަވެސް އެ ކަމެއް ކުރުމުގައި ދެމިހުންނަ ޢަމަލު ކަމަށެވެ.

ޝަޢުބާން މަހުގެ މުހިންމު ކަންކަމަށް ބަލާއިރު، މި މަހަކީ މުސްލިމުންގެ ޤިބުލަ އަލްމަސްޖިދުލްއަޤްޞާއިން ކަޢުބަތުﷲ ގެފުޅަށް ބަދަލުވި މަސް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ޝަޢުބާން މަހުގެ ފަނަރަވިލޭރޭގެ މަތިވެރިކަމާ ބެހޭގޮތުން ވާހަކަދައްކަމުން، އެ ރޭ މާތް الله މުއުމިނުންގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށާއި، ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ނުވަތަ ދުޢާއެއް އޮތްކަން ޞައްޙަ ސަނަދުން ސާބިތުނުވާ ކަމަށްވެސް ބުންޏެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތަކެއްވެސް މިއަދުގެ ޚުތުބާގައި ވަނީ ހިއްސާކޮށްފައެވެ:

ރޯދައިގެ ޙުކުމްތައް އުނގެނުން: ރޯދަ ގެއްލޭ ކަންތައްތަކާއި، ޤަޟާކުރުމާއި ފިދުޔައިގެ ޙުކުމްތައް އަމިއްލައަށާއި އަނބިދަރިންނަށް ދަސްކޮށްދިނުން.

ޤަޟާ ރޯދަ ފުރިހަމަކުރުން: ވޭތުވެދިޔަ އަހަރުތަކުގައި ނުހިފި ހުރި ފަރުޟު ރޯދަތައް މި މަސް ނިމުމުގެ ކުރިން ހިފައި ނިންމުން.

އިސްރާފު ކުޑަކުރުން: ރަމަޟާން މަހަކީ އިސްރާފުކުރާ މަހަކަށް ނުހަދައި، ދީލަތިކަމާއެކު ޞަދަޤާތްކުރުމަށް ނިޔަތްގަތުން.

ވިޔަފާރިވެރިންގެ ދައުރު: ވިޔަފާރިވެރިން އަގުތައް ހެޔޮކޮށް ދީލަތިވުމަކީ ބޮޑުވެގެންވާ ޘަވާބު ލިބޭނެ ކަމެއް ކަމުގައި ބުނުން.

އަޚްލާޤު ރީތިކުރުން: ދުލާއި ގުނަވަންތައް ފާފަތަކުން ރައްކާތެރިކޮށް، ޒުވާބުކުރުމާއި ހުތުރު ބަސްތަކުން ދުރުހެލިވުން.

ނިންމާލަމުން ޚުތުބާގައި ބުނީ، ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މަސް ކަމަށްވާތީ، ޤުރުއާން ކިޔެވުމާއި ދީނީ ދަރުސްތައް އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މުޅި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...