އެކަޑަމީގެ ރައީސަކަށް ހަސަން ޝާކިރު މުޙައްމަދު އިންތިޚާބު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ބަހުގެ އެކަޑަމީގެ ރައީސަކަށް މަޝްހޫރު ޅެންވެރިޔާ އަދި ދިވެހި އަދަބީ ޚިދުމަތްތެރިޔާ ހ. ހުދުފިނިފެންމާގެ، ހަސަން ޝާކިރު މުހައްމަދު (މައުހަދު ޝާކިރު) އިންތިހާބު ކޮށްފި އެވެ.
ޝާކިރު އެ މަގާމަށް އިންތިހާބު ކުރީ އެކަޑަމީގެ ހުރިހާ މެންބަރުންގެ އިންތިފާގުންނެވެ.
ތިން ފަހަރެއްގެ މަތީން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝާކިރަކީ ދިވެހި އަދަބުގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. ވަރަށް މޮޅު ޅެންވެރިއެކެވެ.
އެކަޑަމީގެ ރައީސްކަން ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް