ސިއްހީ ޚިދުމަތްތެރިން މިއަދު ހިމޭން އިހުތިޖާޖެއްގައި!

20 Sep 2020 | 16:09

ވަޒީފާގެ އޮނިގަނޑު އޮންނަ ގޮތުން ކުރިއެރުން ނުލިބޭކަމަށް ބުނެ ބައެއް ސިއްހީ ޚިދުމަތްތެެރިން މިއަދު ހިމޭން އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ސިއްހީ ދާއިރާގެ މުވައްޒަފުން މިއަދު ވަޒީފާއަށް ނުކުމެފައިވަނީ އަތުގައި ކަޅު ބޭންޑެއް އަޅައިގެންނެވެ. މި ހިމޭން އިހުތިޖާޖު އިންތިޒާމް ކޮށްފައިވަނީ މޯލްޑިވްސް ހެލްތު ޕްެރޮޕެޝަނަލްސް ޔޫނިއަނުންނެވެ.

އެ ޖަމްއިއްޔާއިން ބުނީ މި ހިމޭން އިހުތިޖާޖަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ އެންމެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ ކުރިއެރުން ކަށަވަރުކޮށްދޭނެ ވަޒީފާގެ އޮނިގަނޑެއް ނެތުމުން ކުރާ އިހުތިޖާޖެއްކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އަބަދުވެސް ސިއްހީ ހިދުމަތްތެރިންގެ ޝަރަފެއްކަމަށް އެފަރާތުން ބުންޏެވެ. އެހެނަސް އެންމެ އަސާސީ ހައްގު، ކަމުގައިވާ ކުރިއެރުން ލިބިދޭ ވަޒީފާގެ އޮނިގަނޑު ނެތުމުން ދިރިއުޅުމަށް އަސަރުކުރުވާކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް