N/A
N/A
ހަބަރު 19 Oct 2020 | 21:14

ޞާލިހް ސަރުކާރު: މިނިސްޓަރ ފެންވަރުގެ 29 ބޭފުޅުން، ބޭފުޅަކަށް މުސާރައިގެ ގޮތުގައި 66000 ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ 29 ބޭފުޅަކަށް މުސާރައިގެ ގޮތުގައި ބޭފުޅަކަށް މަހަކު 66،000 ރުފިޔާ ދެމުން އަންނަކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އާއްމު މަސްލަހަތު ހިމެނޭ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ފަރުދެއްކަމުގައިވާ އަހުމަދު އައިމަން ލަތީފް ރައީސް އޮފީހުގެ ސިޔާސީ މަޤާމްތަކުގެ މުސާރަ ހޯދުމަށް އެދުނުތާ 66 ދުވަސް ފަހުން ރައީސް އޮފީހުން ހާމަކުރެއްވި މި މައުލޫމާތުގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން މިނިސްޓަރުންނާއި، އެފެންވަރުގެ ބޭފުޅުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސިޔާސީ މަޤާމްތަކުގެ މުސާރަ ވަނީ ހާމަކުރައްވާފައެވެ.

ރައީސް އޮފީހުން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މިނިސްޓަރ ކަން ކުރައްވާ ބޭފުޅުންނަށް މަހެއްގެ މައްޗައް 66،000 ރުފިޔާގެ މުސާރައެއް ލިބޭ އިރު މިނިސްޓަރުންގެ ގޮތުގައި 19 ބޭފުޅެއް ޞާލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ވެސް ރައީސް އޮފީހުގައި ހުރި މައުލޫމާތު ތަކަށް ބަލާއިރު ކެބިނެޓް މިނިސްޓަރުންގެ އިތުރުން ވެސް އިތުރު 10 ބޭފުޅަކު މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވައެވެ. އެހެންކަމުން މިނިސްޓަރުންގެ މުސާރަނަންގަވާ 29 ބޭފުޅަކު މި ސަރުކާރުގައި ހިމެނިވަޑައިގަންވާއިރު، އަހަރެއްގެ މައްޗައް މި ބޭފުޅުންގެ މުސާރައިގެ ގޮތުގައި 22.9 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރައްވައެވެ.

މިނިސްޓަރުގެ ފެންވަރުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ނަސީމް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް މުޙައްމަދު ޝިފާޒް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޝިހާބު ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރު މުވަޒަފުންގެ މުސާރަ ހަމަޖެއްސުމަށް އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި އެހީވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ސިޔާސީ މަޤާމްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، މުސާރަ ކުޑަކުރުންފަދަ ބަދަލެއް ސަރުކާރުން ފެނިފައިނުވާއިރު ގިނަ އަދަދެއްގެ ސަރުކާރު ބިލްތަކަށް މިހާރުވެސް ފައިސާ ދޫނުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ރައީސް އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު ސިޔާސީ އެންމެ މާޤާމުގައި ހުންނަ ފަރާތަކަށް ވެސް 43 ހާސް ރުފިޔާލިބޭކަން ފާހަގަކޮށްލަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހެންވޭރު ގެއެއްގައި ރޯވެއްޖެ
21 Nov 2026 ހަބަރު

ހެންވޭރު ގެއެއްގައި ރޯވެއްޖެ

ރޯވެފައިވަނީ ހެންވޭރު ގެއެއްގައި ކަމަށް ވެސް ބުންޏެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ
21 Nov 2026 ހަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލް އައިސީޔޫ ރޫމްގެ ސީލިންގެ ބައެއް ވެއްޓިއްޖެ

އައިސީޔޫގެ ސީލިންގު ވެއްޓިފައިމިވަނީ އެތަނުން ފެން ލީކްވުމުގެ މައްސަލަތަކެއްވެސް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން ސީލިންގުން ފެން ލީކުވާތާ އަހަރެއްހާދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
21 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް
21 Nov 2026 ހަބަރު

ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުއްޖެއް

ފުލުހުން ބުނި ގޮތުގައި، އެ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ
21 Nov 2026 ހަބަރު

ކެރެޓްގެ އަގު ބާޒާރުގައި އުފުލުނަސް އެސްޓީއޯގައި އަގު ހެޔޮ

މާލޭ ބާޒާރަށް ބަލާއިރު މިވަގުތު ކެރެޓް އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.