ރަސްރަނި ޕާކުގެ ނަން ސަލްޓަންޕާކަށް އަލުން ބަދަލުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލޭގެ އެންމެ ދުވަސްވީ އެންމެ ތާރީހީ ޕާކުގެ ނަން ރަސްރަނި ބަގީޗާގެ ނަން ކުރިންވެސް އެޕާކަށް ކިޔަމުންއައި ސަލްޓަން ޕާކަށް ބަދަލުކުރުމަށް މާލެ ސިޓީކައުންސިލަށް އެޖެންޑާކޮށްފިއެވެ.
މިކަން ހާމަކުރައްވައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެގޮތަށް ނަން ބަދަލުކުރުމަށް ނިންމާފައިވަނީ ސަލްޓަން ޕާކުގެނަން އަލުން ދިރުވުމުގެ ގޮތުންކަމަށާއި އަންނަ އަންގާރަ ދުވަހު ކައުންސިލްގެ ބައްދަލުވުމަށް އެމައްސަލަ އެޖެންޑާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސަލްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކޮށްފައިވަނީ އެޕާކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު 21 އޮގަސްޓް 2017ގައެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ސީޓީ ކައުންސިލްގެ ބާރުތައްވަނީ އަނބުރާ ކައުންސިލްތަކަށް ދީފައެވެ. އެގޮތުން ކައުންސިލްތަކަށް ނިސްބަތްވާ ސަރަހައްދުގެ ބިންތަކާއި ޕާކުތައް ބެލެހެއްޓުމާ ނަންދިނުން ހިމެނެއެވެ.
ސަލްޓަންޕާކަށް މިހާރު 50 އަހަރުވެފައިވާ އިރު މިއީ 1968 ވަނައަހަރު ރާއްޖޭގެ އެންމެ ފަހުން ރަސްކަންކުރެއްވި ރަސްގެފާނުގެ ގަނޑުވަރު ހުރިތަނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް