N/A
N/A
ހަބަރު 02 May 2021 | 11:07

އަންހެނުންނަށް ކުރެވެމުންދާ ގޯނާ

އަންހެނުންނާމެދު ކުރެވެމުންދާ އަނިޔާތަކުގެވާހަކަ ދެކެވޭ ކޮންމެފަހަރަކުހެން، އޭގެ ސަބަބެއްކަމުގައި ބުނެވެނީ، މުޖުތަމަޢުގައި އަންހެނުންނަށް ބާރުވެރިކަން ނެތުމެވެ. ނުވަތަ އަންހެނުންނަކީ ފިރިހެނުންގެ ބެލެހެއްޓުމުގެ ތެރޭގައި ތިބެންޖެހޭ ބައެއްކަމުގައި ޘަޤާފީގޮތުން ނުވަތަ ދީނީގޮތުން ޤަބޫލުކުރެވިފައި އޮންނާތީއެވެ. ވީމާ މި ގޯނާތަކުން ސަލާމަތްވެވޭނީ، ފިރިހެނުންގެ ބެލެއްހެޓުމުން ނެއްޓި ހުރިހާގޮތަކުން އަންހެނުން މިނިވަންވެގެންކަމަށް އެބައިމީހުން ޤަބޫލު ކުރެއެވެ. އިޤްތިޞާދީގޮތުންނާއި، ސިޔާސީގޮތުންވެސް މެއެވެ. ބާރުވެރިވުމުގެ ނަމުގައެވެ.

ލޮބުވެތި އުޚްތުންނޭވެ! އާއެކެވެ. އެއްވެސް ތަނެއްގައި ތިޔަކަނބަލުންނަށް އަނިޔާއެއް ނުވަތަ ގޯނާއެއް ކުރެވިގެން ނުވާނެއެވެ. އަދި އެކަމަށް ޖާގަދެވިގެންވެސް ނުވާނެއެވެ. ނަމަވެސް މިހިސާބުން ނިކަން ރަނގަޅަށް އަޅުގަނޑުމެން ޢިލްމީ އަދި ދިރާސީ ނަޒަކުން ޙަޤީޤަތާމެދު ވިސްނާލަން އެބަޖެހެއެވެ. އެބުނާ މިނިވަންކަމާއި ބާރުވެރިކަން ދީފައިވާ ހުޅަނގުގެ މުޖުތަމަޢުތަކުގައި އަންހެނުންނަށް ކުރެވޭ ގޯނާތަކުން އެކަނބަލުން ސަލާމަތްކުރެވިއްޖެތޯއެވެ؟ އެމީހުން މިއަދު އެވަނީ އެމީހުންގެ ޤައުމުތަކުގައި އެމީހުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ ނިންމާފައެވެ. ނުވިތާކަށް އަޅުގަނޑުމެންގެ އަނބިދަރީންނާއި އަންހެންދަރިންގެ ޙައްޤުތަކައިގެންވެސް ތެދުވެފަޔޯލައެވެ. ހާދަހާވާ ހެޔޮބައެއްތާއެވެ!

އުޚްތާއެވެ! ޢިލްމީ ނަޒަރަކުން ދުނިޔެއަށް ލޯހުޅުވާލައި އެބައިމީހުންގެ ތަފާސްހިސާބުތައް ބަލައިލަމާ ހިންގަވާށެވެ!

ފްރާންސް:

ފްރާންސުގައި ކޮންމެ އަހަރަކު 18 އަހަރާއި 75 އަހަރާއި ދެމެދުގެ 219000 އަންހެނުންނަށް ގެވެށި އަނިޔާގެ އެކި ވައްތަރުގެ ހާނީއްކައާއި ކުރިމަތިލާންޖެހޭކަމަށް، ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ރިޕޯޓު ކުރެވެނީ ގާތްގަނޑަކަށް 20 އިންސައްތަ މައްސަލައެވެ.

ފްރާންސުގެ ރަސްމީ ފަރާތްތަކުން ހާމަކުރާގޮތުގައި ކޮންމެ 3 ދުވަހަކުން އަންހެނަކު އެޤައުމުގައި ފިރިމީހާ ނުވަތަ ކައިވެނިނުކޮށް އެކުގައުޅޭ ފިރިހެން މީހާގެ އަތުން މަރުވެއެވެ.

އެމެރިކާ

މިނިވަންކަމާ ޙައްޤުތައް ދިނުމުގައި މުޅި ދުނިޔޭގެ ޗެމްޕިއަންކަމަށް ދަޢުވާ ކުރާ އެމެރިކާގައި ކޮންމެ 10 އަންހެނެއްގެ ތެރެއިން 3 އަންހެނަކަށް ފިރިމިހާ ނުވަތަ ކައިވެނިން ބޭރުގައި ގުޅުންބާއްވާ ނުވަތަ ބޭއްވި މީހާގެ ފަރާތުން ޖިންސީ ހާނީއްކައާއި ގެވެށި އަނިޔާ ކުރިމަތިވެއެވެ.

އެމެރިކާގައި ކޮންމެ 4 އަންހެނަކުން އެކަކީ ޢުމުރުން ކޮންމެވެސް ހިސާބެއްގައި އެއްކޮށް ނުވަތަ ވަކި މިންވަރަކަށް ރޭޕު ކުރެވިފައިވާ މީހެކެވެ. މީގެތެރެއިން 14 އިންސައްތަ މީހުންވަނީ އެއްކޮށް ރޭޕު ކުރެވިފައެވެ. އެމެރިކާގައި ވަޒީފާ އަދާކުރާ ކޮންމެ ހަތަރު އަންހެނަކުން 3 މީހުންނަށް އެކިއެކި ޖިންސީ ގޯނާ ވަޒީފާގެ މާހައުލުން ކުރިމަތިވެއެވެ.

އިނގިރޭސި ވިލާތް:

އިނގިރޭސިވިލާތުގައި އުމުރުން 16 އަހަރާއި 74 އަހަރާއި ދެމެދު 1.6 މިލިއަން މީހުންނަށް 2019 ވަނަ އަހަރު ގެވެށި އަނިޔާއާއި ކުރިމަތިލާންޖެހުނެވެ.

ގެވެށި އަނިޔާއަށް ހޮސްޕިޓާތަކުން ފަރުވާ ހޯދާފައިވާކަމަށް ރިކޯޑްކުރެވިފައިވާ މީހުންގެތެރެއިން ކޮންމެ އަހަރަކު ގާތްގަނޑަކަށް 400 އަންހެނުން ދަންޖެހިގެން މަރުވެއެވެ.

ލޮބުވެތި އުޚްތުންނޭވެ! އަންހެނާގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކޮށްދީފައިވަނީ އިސްލާމްދީނުގައެވެ. ހުރިހާގޮތަކުންވެސް އެކަނބަލުން ޙިމާޔަތްކޮށް ރައްކާތެރިކުރުން އެއީ ދީނީ ވާޖިބެކެވެ. ތިޔަކަނބަލުންނަށް ކުޑަނަމަވެސް އަނިޔާއެއް ކުރުން އެއީކަނޑައެޅިގެން ޙަރާމް ކަމެކެވެ. އުޚްތުންނޭވެ! އިސްލާމްދީނުގެ ހިޔާވަހިކަމުގައި ރައްކާތެރިވެ ތިއްބަވާށެވެ! މިނިވަންކަމުގެ މަކަރުވެރި ޝިޢާރުތަކުގެ މަޅީގައި ނުޖެހި ދީނުގައި ތިޔަކަނބަލުންނަށް އަންގަވާފައިވާގޮތަށް ދިރިއުޅުން ބައްޓަން ކުރައްވާށެވެ.

ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ލިބޭނީ އޭރުންނެވެ.

މަޞްދަރު: ނޭޝަނަލް ޑޮމެސްޓިކް ވައިލެންސް ހޮޓްލައިން (އެމެރިކާ)

(މަޞްދަރު: ޔޫރޯ ނިއުސް : 28-3-2020 ގެ ޚަބަރެއް)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.