ވިކްޓްރީ އާއި ބިސްބުރު ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ދިވެހި ޕްރިމިއާލީގް
ވިކްޓްރީ އާއި ބިސްބުރު ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ދިވެހި ޕްރިމިއާލީގް
ކުޅިވަރު 14 Oct 2026 | 15:10

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

ދިރާގް ދިވެހިލީގްގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ބިސްބުރު ބައްދަލުކުރިމެޗް ވިކްޓްރީ ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ވިކްޓްރީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗްގައި މެޗްގެ ފުރަތަމަ ހާފްގައި އެއް ލަނޑު ފެނިގެންދިޔައިރު، އަނެއް ދެ ލަނޑު ޖަހާފައިވަނީ ފަހުހާފްގެ ކުޅުމުގެ ތެރޭގައެވެ. މެޗްގައި ވިކްޓްރީއަށް ގޯލް ހުޅުވާލަދިނީ 27 ވަނަ މިނެޓް ތެރޭގައި އަލް ހާޖީ ގޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު ރިޒްވާނެވެ.

ދެވަނަ ހާފް ފަށައިގެން ވިކްޓްރީ މޮޅަށް ކުޅެފައިވާއިރު އެޓީމުން ވަނީ މިހާފް ފެށިތާ މާ ގިނައިރެއްނުވެ ލަނޑެއް ޖަހާފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ވަނީ އިތުރު ލަނޑެއްޖަހައި ޕޮއިންޓް ތާވަލްގެ އެއްވަނަ މަގާމް ވަގުތީގޮތުން ހޯދާފައެވެ. މެޗްގައި މި ނޫނަސް ވިކްޓްރީއަށް ވަނީ ލަނޑުޖަހާނެ ރަނގަަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.