ރިޕޯޓް
18 Aug 2022 | 18:01
.މުހިންމީ ޕާޓީ ހިންގަން އެނގުންތަ؟ ނޫނީ ގައުމު ހިންގަން އެނގުންތަ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އަނެއްކާވެސް ވެރިކަމަށް ގެންނަންވީ ކޮން ބައެއްކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ނަގާކިޔާ އޮތީ ދެ ފިކުރެކެވެ. އެއީ ދެ ސިޔާސީ ޕާޓީ އޭ ވެސް ދެންނެވިދާނެއެވެ.

އެއް ބަޔަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެއް މުގުލުގައި ތިއްބަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް ވެރިކަން ތަމްސީލުކޮށްފައިވަނީވެސް އެމްޑީޕީއިންނެވެ. އެމްޑީޕީއަކީ ސިޔާސީ ރޭހުގައި ވާދަވެރިކަމާއެކު 17 އަހަރު ކަޑަތުކޮށް ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޕާޓީއެއްވެސް މެއެވެ.

މި ރޭހުގައި އެމްޑީޕީއާއި ވާދަކުރާ އަނެއް ފިކުރަކީ ނުވަތަ ޕާޓީއަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

ރާއްޖޭގައި މިހާތަނަށް ކުރި އެންމެ ވަރުގަދަ ވެރިކަން ތަމްސީލުކޮށްފައިވަނީ ޕީޕީއެމްއިންނެވެ. އުމްރާނީ ގޮތުން ރާއްޖެ ހޯދި ތަރައްގީގައި ވަނީ އެ ޕާޓީގެ ކުލަ ޖެހިފައެވެ. 

ސިޔާސީ މަޝްރަހުގައި އެމްޑީޕީއާއި ޕީޕީއެމް ވާދަކުރާއިރު މިއިން ކޮންމެ ޕާޓީއެއްގައިވެސް ރައްޔިތުންނަށް ކަމުދާ ސިފާތަކެއް އެބަހުއްޓެވެ. އަނެއްކޮޅުން ރައްޔިތުންނަށް ބަލައިގަންނަން ދަތި ސިފަތަކެއްވެސް އެބަ ހުއްޓެވެ. 

ޕާޓީ ހިންގަން އެމްޑީޕީ ވަރެއް ނެތް!

އެމްޑީޕީ އަކީ އާންމު ރައްޔިތުންނާއި ވަރަށް ގުޅުން ބޮޑު ޕާޓީއެކެވެ. ޕާޓީގެ ހަރަކާތްތައް ފެށިގެން އަންނަނީ ގްރާސް ރޫޓުންނެވެ. މަސައްކަތް ކުރާނެ ވަރަށް ރަނގަޅު އޮނިގަނޑެއް އޮވެއެވެ. ޕާޓީ ސްޓްރަކްޗަރ ކުރެވިފައިވާ ގޮތަށް ބަލާއިރު މައި އޮފީހާއި ޕާޓީގެ ގޮފިތައް އަދި އެކި ގުނަވަންތައް ވަރަށް ރަނގަޅަށް ގުޅާލަދޭ ނިޒާމެއް އޮތީ ގާއިމްކުރެވިފައެވެ.

ސިޔާސީ މަސައްކަތަށް އެމްޑީޕީ ނިކުމެ މިހާތަނަށް ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ޕާޓީ ހިންގުމުގެ ނިޒާމު ވަރުގަދަވުން މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ޕާޓީގެ ލީޑަރޝިޕާއި އާންމު ރައްޔިތުން ގުޅުވާލަދޭ ނިޒާމެއް މަސައްކަތް ކުރަމުންދާކަމުގެ ހެއްކަކީ އެމްޑީޕީގެ ވެރިކަން ފުރޮޅިގެން ދިޔައިރުވެސް ދެގޮތެއް ނުވެ ގިނަ ބަޔަކު އެ ޕާޓީގައި ދެމި ތިބުމެވެ.  

އެހެން ނަމަވެސް، ޕާޓީ ހިންގާލަން އެމްޑީޕީ ކިތަންމެ މޮޅަސް އެ ޕާޓީގެ ފުރަތަމަ ވެރިކަމާއި މިހާރު ކޯލިޝަނަކާއެކު ކުރަމުންދާ ވެރިކަމަށްވެސް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތެވެ.

ދެ ވެރިކަމުގައިވެސް ބޮޑެތި މައްސަލަތަކެއް އުފެދި. ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައިވެއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުނުކުރެވުމާއި ވައުދުތައް ފުއްދުމުގައި ގިނަ ވަގުތައް ނެގުންފަދަ ކަންކަމަކީ އެމްޑީޕީއަށް ހެޔޮ ވެރިކަމެއް ކުރަން ނޭނގޭކަމަށް ފާޑިކިޔުންތެރިން ބުނަމުންދާ ބައެއް ސަބަބުތަކެވެ. 

ތަޖުރިބާއާއި ޤާބިލް ވަޒީރުންގެ މަޖިލީހަކާއި، ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ވެސް ނާޤާބިިލް ވެރިން ތިބޭ ތިބުމަކީ ހެޔޮ ވެރިކަން އެމްޑީޕީއަށް ނުކުރެވޭ ސަބަބެވެ.

ކުރު އިބާރާތަކުން ދަންނަވާނަމަ ސިޔާސީ ޕާޓީ ހިންގާލިޔަސް ގައުމު ހިންގާލަން އެމްޑީޕީ އެހާ ފަރިތައެއް ނޫނެވެ.

ގައުމު ހިންގަން ޕީޕީއެމްވަރެއް ނެތް!

ޕީޕީއެމް ސިޔާސީ ރޭހުގައި ވާދަކުރަން ފެށީ އެމްޑީޕީއަށް ވުރެ މާ ފަހުންނެވެ. އެއާއެކުވެސް އެ ރޭހުގައި ދާދި އަވަހަށް އެމްޑީޕީއާއި ވާދަކޮށް ޕީޕީއެމް ކުޅިފަސް ހޯދިއެވެ.

މިހާތަނަށް ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރި ހަމައެކަނި ސިޔާސީ ޕާޓީއަކީ ޕީޕީއެމްއެވެ. ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރަކީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަސް އަހަރެވެ.

އުމްރާނީ ގޮތުން އާ އުސްމިންތަކަށް ރާއްޖެ ފޯރިއެވެ. ރައްޔިތުން ވިސްނާފައިނުވާ އެތައް ޓަވަރުތަކެއް އަޅާ ނިންމާލިއެވެ. ނޭޅޭނެކަމަށް ބުނި ބްރިޖު ފެނުން ތޮޅިލީއެކަންޏެއް ނޫނެވެ. މާލެއާއި ހުޅުމާލެއާއި ގުޅާލިއެވެ. ހަލުވި ދުވެލީގައި ރާއްޖޭގެ އިގްތިސާދު ދުވަން ފެށިއެވެ. އިސާހިތަކު ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީކޮޅަށް ރާއްޖެ ޖަމްޕު ޖެހިއެވެ.

ޕީޕީއެމްގެ އެ ވެރިކަމަށް ވާދަވެރިންގެ ފާޑުކިޔުންތައް އަމާޒުވިނަމަވެސް، އެ ވެރިކަމަކީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ހެޔޮ ބަދަލުތައް ގެނެސްދިން ވެރިކަންކަމަށް ގިނަ ބަޔަކު އިއްތިފާގުވާނެއެވެ.

އެހެންނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީ ހިންގަމުންދާ ގޮތާއި މެދު އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.