އައިޖީއެމްއެޗް ހޮސްޕިޓަލް-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
03 May 2023 | 10:46
މީހެއްގެ އިނގިލިތައް ބުރި ކުރި ކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އައިޖީއެމްއެޗް

އައިޖީއެމްއެޗުން ދިން އިންޖެކްޝަނެއްގެ ސަބަބުން، އުމުރުން ދުވަސްވީ މީހެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

އުމުރުން 85 އަހަރުގެ ދިވެހި އަންހެނަކު ބަލިވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން އެ ހޮސްޕިޓަލުން އޭނާ ގަޔަށް ނުބައި އިންޖެކަޝެއް ދީފައިވާ ކަމަށް އިއްޔެ މީސްމީޑިއާގައި ޚަބަރުތައް ވަނީ ފެތުރިފައެވެ. 

އަދި އެ އިންޖެކްޝަން ޖެހުމުގެ އެ މީހާގެ އަތުގެ ހަތަރު އިނގިއްޔެއް ބުރި ކުރަން ޖެހުނު ކަމަށް ވެސް އެކަމާއި ގުޅިގެން މީސްމީޑިއާގައި ދައުރުވި އެ މީހާގެ ޑިސްޗާޖް ސަމަރީ ރިޕޯޓާއި އަތުގެ ފޮޓޯތަކުން ވަނީ ހާމަވެފައެވެ. 

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނުގައި ބުނީ، އެ މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ، ހޮސްޕިޓަލުގައި އެކުލަވާލާފައިވާ އެފަދަ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އެ ކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ޖސޖސޖޖސ
އައިޖީއެމް އެޗަކީ އިންޑިޔާގެ ލެބޯރޓަރީއެއް.. ބޮޑު ބަލާއެއް
06 May 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.