ދިވެހި ޗެޓް ޖީޕީޓިން އޯސީއާރ ތާރަފް ކުރުން: ފޮޓޯ/ ޖަވާބު
ވިޔަފާރި
18 Mar 2025 | 14:20
ދިވެހިޖީޕީޓީއިން ދިވެހިބަހަށް ޚާއްޞަ އޯސީއާރު ތަޢާރަފުކޮށްފި

ދިވެހިބަހުގެ ލިޔެކިޔުންތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އޮޕްޓިކަލް ކެރެކްޓަރ ރެކޮގްނިޝަން (އޯސީއާރު) ސިސްޓަމެއް ދިވެހިޖީޕީޓީއިން ތަޢާރަފުކޮށްފިއެވެ. މި އައު ޓެކްނޮލޮޖީއަކީ ދިވެހިބަހުގެ ލިޔެކިޔުންތައް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރުމަށް އެހީތެރިވެދޭނެ ވަރަށް މުހިންމު ވަސީލަތެކެވެ.

ދިވެހިޖީޕީޓީގެ ސީއީއޯ މުޙައްމަދު ޖައިލަމް ވިދާޅުވި ގޮތުގައި، މި އައު އޯސީއާރު ސިސްޓަމަކީ ޕީޑީއެފް ފައިލްތަކާއި އިމޭޖުތަކުން ދިވެހި ލިޔުންތައް ޑިޖިޓަލައިޒް ކުރުމަށްޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.

"މި ސިސްޓަމުގެ ސަބަބުން އަތުން ލިޔެފައިވާ ލިޔުންތަކާއި، އިހުޒަމާނުގެ ދިވެހި ލިޔުންތަކާއި، ޕްރިންޓްކޮށްސްކޭންކޮށްފައިވާ ލިޔުންތައްވެސް ވަރަށް ފަސޭހައިން އަދި އެކިއުރެސީ މަތިކޮށް ޑިޖިޓަލް ފޯމެޓަށް ބަދަލުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ތަޢާރަފްކުރެވުނު މި ސިސްޓަމްގެ ފީޗާރސްތަކުގެ ތެރޭގައި ފޮޓޯއާއި ޕީޑީއެފް ފައިލްތައް ލިޔުމަށް ބަދަލުކުރުމުގެ އިތުރުން، "މެޖިކް އެޑިޓް" މެދުވެރިކޮށް ފަސޭހަކަމާއެކު ލިޔުން އިސްލާހު ކުރެވެއެވެ. އަދި ލިޔުމުން ބޭނުން ބަހެއް ހޯދާ ސާރޗްކޮށް ހެދެއެވެ.

މީގެ އިތުރުން ލިޔުން އަޑަށް ބަދަލުކުރުމާއި، ލިޔުން ބޭނުންކޮށްގެން ސުވާލުކޮށް މައުލޫމާތު ހޯދާ، ސިޓީ، މަޒުމޫނު ޚަބަރު ފަދަ ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް އުފެއްދުމާއި، ލިޔުން ތަރުޖަމާކޮށް ޚުލާސާކުރެވެންވެސް ހުރެއެވެ.

"މިއީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ދިވެހިބަހަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ އަމިއްލަ އޭއައި މޮޑެލްއެއް. ވީހާވެސް ފަސޭހަކަމާއެކު ލިޔުމަށް ބަދަލުކޮށް، އިސްލާހުކޮށް އެލިޔުމުން ބޭނުންވާ މަޢުލޫމާތު ނެގޭނެ ގޮތަށް – ވީހާވެސް ޕްރެކްޓިކަލް ބޭނުންތަކަށް އެކަށޭނެ ގޮތަށް މި ސިސްޓަމް ތައްޔާރުކުރެވޭތޯ މަސައްކަތް ކުރިން" ކަމަށް ޖައިލަމް މަޢުލޫމާތު ދިނެވެ. 

މިއީ ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ލިޔުން އާކައިވްކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. ނެޝެނަލް އާކައިވް ސިސްޓަމެއް ޤާއިމްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިޒްގެ ވައުދުތަކުގެ ތެރޭގައި ހިމެނިފައިވާ ވައުދެކެވެ. 

މިއޯސީރާއު ސިސްޓަމް dhivehigpt.comއަށް ލޮގިންކޮށްލުމަށްފަހު ބޭނުންކޮށްލޭވެކަމަށް ޖަވާބު ކުންފުނިން މައުލޫމާތު ދެއެވެ.

ދިވެހިޖީޕީޓީއަކީ ދިވެހިބަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްއިން އުފައްދާފައިވާ ދިވެހި އުފެއްދުމެކެވެ. އޯސީއާރު ކުރުމުގެ އިތުރުން މިމަންސައިން ދިވެހިބަހުން ދައްކާ ވާހަކަވެސް ލިޔުމަށް ބަދަލުކޮށްދެއެވެ.

އަދި ދިވެހިން ލިޔެފައި ހުންނަ ލިޔުމުން ނެރޭޝަން އުފައްދާ، ދިވެހިބަހުން ލިޔުންތަކުން ކުށްފިލުވާ، ތަރުޖަމާކޮށް ޚުލާސާވެސް ކޮށްދެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.