ފެނަކައިގެ އެމްޑީ އަދި ކުރީގެ މެންބަރު ހުސައިން ޝަހީމް
ފެނަކައިގެ އެމްޑީ އަދި ކުރީގެ މެންބަރު ހުސައިން ޝަހީމް
ހަބަރު 27 Sep 2025 | 08:32

ފެނަކަ އޮޑިޓް: އިއުލާނެއް އެއްބަސްވުމެއް ނެތި، އަނދުން ހުސައިނުގެ ކުންފުނިން 111 މިލިއަން ރުފިޔާގެ ތެޔޮ ގަތް

އެއްބަސްވުމެއް ނުހަދައި އަދި އިއުލާނު ވެސް ނުކޮށް، އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަނދުން ހުސައިންގެ ކުންފުނިން 111 މިލިއަން ރުފިޔާގެ އަޑީތެޔޮ ފެނަކައިން ގަތެފައިވާ ކަމަށް އޮޑިޓުން ހާމަވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، މާލިއްޔަތު ޤާނޫނާއި، ފެނަކަ އަދި ޕީސީބީގެ ގައިޑްލައިންތަކާއި ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފު ގިނަ ކަންކަމެއް އޭރުގެ ފެނަކައިގެ ވެރިން ވަނީ ކޮށްފައެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ އަޑީތެޔޮ ގަތުމުގެ ނަމުގައި 127.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. އޭގެ ތެރެއިން 111.95 މިލިއަން ރުފިޔާގެ އަޑީތެޔޮ ފެނަކައިން ގަނެފައިވަނީ ކުރީގެ މެންބަރު އަނދުން ހުސައިންގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިސް މެދުވެރިކޮށެވެ.

އަދި ބާކީ 15 މިލިއަނެއްހާ ރުފިޔާގެ ތެޔޮ އެ ކުންފުނިން ގަނެފައިވަނީ ސަރުކާރު ކުންފުނި އެމްޓީސީސީ އަދި އެސްޓީއޯ މެދުވެރިކޮށެވެ.

އެގޮތުން އެ އަޑީތެޔޮތައް ގަނެފައިވަނީ އާންމު އުސޫލުން މުދަލާއި ޚިދުމަތް ހޯދަން ޖެހޭ ގޮތަށް ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުނުވާ އަދަދަށް އެއް ދުވަހެއްގައި އެއް ޕާޗޭސް އޯޑަރުތަކަށް ވުރެ ގިނަ ޕާޗޭސް އޯޑަރުތައް އަޑީ ތެޔޮ ވިއްކި ކުންފުނިތަކަށް ފޮނުވައިގެން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މި ވިޔަފާރިތައް ފެނަކައިން ހިންގާފައިވަނީ އެއްބަސްވުމެއް ވެސް ނުހަދައި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފެނަކައިގެ އޮޑިޓުން އެފަދަ ކިތަންމެ ކަމެއް ފާހަގަކުރެވުނުއިރު، އެކުންފުނީގެ އޭރުގެ އެމްޑީ އަޙްމަދު ސަޢީދާއި އާއިލީ ގޮތުން ގުޅުން އޮންނަ ތިން ކުންފުންޏަކަށް ވާދަވެރި ބީލަމެއްގެ ޕްރޮސެސް އިން ބޭރުން މުޅި ޖުމްލަ 92 އެއްބަސްވުމެއްގެ ދަށުން 49.7 މިލިއަން ރުފިޔާގެ އެއްބަސްވުން ހެދިކަން ވެސް ވަނީ ފަޅާއަރާފައެވެ.

އެއީ ޝެލްޓާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނި އަދި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ.

އޭގެ ތެރެއިން ޝެލްޓާ ކުންފުންޏަށް އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި އެ ކުންފުންޏަށް ފެނަކައިން 84 އެއްބަސްވުމެއްގެ ދަށުން 22.2 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި އެވެ. ބިޑަށް ހުޅުވާލުމަކާ ނުލައި، ދިން އެ މަސައްްކަތްތަކަށް 16.4 މިލިއަން ރުފިޔާ ދޫކޮށްފަައިވާ ކަން ވެސް އޮޑިޓުން އެނގުނެވެ.

އަދި ޕަވަރޭ ކުންފުންޏަށް 15.7 މިލިއަން ރުފިޔާގެ އެއްބަސްވުންތަކުގެ ދަށުން 10.1 މިލިއަން ރުފިޔާ ދޫކުރިއިރު، ކޮރަލް ކުންފުންޏަށް 11.6 މިލިއަން ރުފިޔާގެ އެއްބަސްވުންތަކުގެ ދަށުން 4.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އެގޮތުން އެ ތިން ކުންފުންޏަށް އެކަނި ވެސް މުޅި ޖުމްލަ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.