N/A
N/A
ހަބަރު 18 Jun 2019 | 18:55

މަޖިލީހަށް މިސާލު ދައްކަވައިދެއްވި މެންބަަރަަކަށް ހައިތަމް!

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާާސްޓިކް، ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކުން ދުރުވެފައިވާ ތަނަކަށް ހެއްދެވުމަށް އެމަޖިލީހުގެ ރައީސް ނިންމެވުމީ ތިމާވެށްޓަށް ލޯބިކުރާ ގިނަބަޔެއްގެ މޫނަށް އުފާވެރިކަން ގެނުވި ކަމެކެެވެ. ޕްލާސްޓިކްގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުުރުމަށް ގިނަބަޔަކު އަތުކުރި އޮޅާލާފައިވާއިރު، ގާނޫނު ހަދާ މަޖިލީހުން އެކަމަށް ތަރުހީބު ދިނުމަކީ މުހިންމު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މަޖިލީހަކީ ޕްލާސްޓިކުން ދުރުވެފައިވާ ތަނަކަށް ހައްދަވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އެހެނަސް އަމަލީ ސިފައިގައި އެކަމުގެ ކުލަތައް ފެންނާާކަށް ނެެތެވެ. އޭގެ ބަދަލުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި އަދިވެސް ބޭނުންކުރަނީ ޕްލާސްޓިކް ފެންފުޅި ފަދަ ތަކެއްޗެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ މެންބަރަކު ނަމަވެސް ވަނީ މިސާލު ދައްކަވައި، މަޖިލީހުގެ މެންބަރުންނަކީވެސް ޕްލާސްޓިކާއި ދުރުގައި އުޅެވޭނެ ފަރާތްތަކެއްކަން ދައްކުވައިދީފައެެވެ. މިއަދުގެ ޖަލްސާއަށް މައްޗަންގޯޅި ދެކުުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަޑައިގެންނެވީ ބިއްލޫރި ފުޅިއަކާއި އެކުގައެވެ.

ހައިތަމް އެ ދެއްކެވި ފުރިހަަމަ މިސާލަށް ސޯޝަލް މީޑިޔާގައި ގިނަބަޔަކު ތައުރީފު ކުރަމުންދާއިރު، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްވެސް ވަނީ އެބޭފުޅާއަށް ތައުރީފްކުރައްވާފައެެވެ. ހައިތަމްގެ މިސާލުން ދެން ތިއްބެވި މެންބަރުންވެސް މަޖިލީހުގެ ތަޅުމުން ޕްލާސްޓިކްގެ ބޭނުން ހަމަ މަދުކުރެވިދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މަޖިލިސް މެންބަރަކު ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލި ފުރަަތަަމަ ފަހަރެއް ނޫނެވެ. ނިމިދިޔަ ދައުރުގެ ފަހުކޮޅުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންވެސް ވަނީ މަޖިލީހުގެ ތަޅުމުގައި ބިއްލޫރި ފުޅިއެއް ބޭނުންކުރައްވާފައެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް
24 Nov 2026 ހަބަރު

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.