އެލައިޑް ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް-
ވިޔަފާރި
03 Jun 2026 | 11:00
ވިޔަފާރިތަކުގެ ރައްކާތެރިކަމަށްޓަކައި އެލައިޑް ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވިޔަފާރިތަކަކީ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކަސްޓަމަރުންނާ މުޢާމަލާތްކުރާ ދާއިރާތަކެކެވެ. މިފަދަ ވިޔަފާރިތަކުގައި، ޚާއްޞަކޮށް ހޮޓާ ނުވަތަ ރިސޯޓް ފަދަ ތަންތަނުގައި، އަހަރެމެން ހީނުކުރާ ފަދަ ހާދިސާތައް ހިނގާ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެފަދަ ޙާލަތްތަކުގައި ހަތަރު އުދަރެސް ފެނުޖެހި ކުރާނެ ކަމެއް ނޭނގިފައި ތިބުމުގެ ބަދަލުގައި ބެކްއަޕް ޕްލޭނެއް ތައްޔާރު ކުރެވިފައި އޮތުމަކީ މުހިންމު ކަމެކެވެ.

އެލައިޑް ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސަކީ މިފަދަ ހާދިސާތަކުން ކުރިމަތިވެދާނެ މާލީ ބޮޑެތި ޒިންމާތަކުން ވިޔަފާރިވެރިން ސަލާމަތްކޮށްދިނުމަށް ފަރުމާކުރެވިފައިވާ މުހިންމު ޕްލޭނެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ތިންވަނަ ފަރާތަކަށް ލިބޭ ޖިސްމާނީ އަނިޔާއަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމަކަށް ވިޔަފާރީގެ ފަރާތުން ޤާނޫނީ ގޮތުން ޒިންމާވާންޖެހޭ ހާލަތްތަކުގައި ބަދަލު ފޯރުކޮށްދީ، ވިޔަފާރީގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދިނުމެވެ.

އިންޝުއަރެންސް އިން ކަވަރުކޮށްދޭ މައިގަނޑު ކަންތައްތައް

ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސްގެ ދަށުން ވިޔަފާރިތަކަށް ތިރީގައިވާ ކަންކަމުގައި މާލީ ބަދަލު ލިބިދެއެވެ.

ޖިސްމާނީ އަދި ޞިއްޙީ ގެއްލުން: ވިޔަފާރީގެ ތެރެއިން ދިމާވާ ކަމަކުން މީހަކަށް ލިބޭ ޖިސްމާނީ އަނިޔާ، ބަލިމަޑުކަން ނުވަތަ ފުރާނައަށް ލިބޭ ގެއްލުންތަކަށް ދޭންޖެހޭ ޤާނޫނީ ބަދަލު.

މުދަލަށް ލިބޭ ގެއްލުން: ތިންވަނަ ފަރާތެއްގެ މުދަލަކަށް ލިބޭ ގެއްލުން ނުވަތަ މުދާ ހަލާކުވުމުން އުފުލަންޖެހޭ މާލީ ޒިންމާ.

ޤާނޫނީ ޚަރަދުތައް: ހާދިސާއަކާ ގުޅިގެން ކުރިމަތިވާ ދަޢުވާތަކަށް ހިނގާޚަރަދުތަކާއި، ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ކަމަށް ކޯޓުން ކަނޑައަޅާ ޚަރަދުތައް. މީގެ އިތުރުން، އެލައިޑް އިންޝުއަރެންސްގެ ހުއްދައާއެކު ކުރެވޭ ޤާނޫނީ އެހެނިހެން ޚަރަދުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ކަވަރުކޮށްދޭ ކަންކަން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު، މޫދު ކުޅިވަރުގެ ޙަރަކާތްތަކަކީ ވަރަށް އާންމު ކަމެކެވެ. އެހެންކަމުން، މި ޕޮލިސީގެ ދަށުން މޫދު ކުޅިވަރުގެ ޙަރަކާތްތަކުގެ ތެރެއިން ދިމާވާ ހާދިސާތަކަށް ލިބޭ ގެއްލުންތައް ކަވަރުކުރެވޭ ގޮތަށް ޕޮލިސީ ފުޅާކުރުމުގެ ފުރުޞަތު އޮވެއެވެ.

އިންޝުއަރެންސް ކަވަރުނުކުރާ ކަންތައްތައް

ކޮންމެ އިންޝުއަރެންސް ޕޮލިސީއެއްގައިވެސް އިސްތިސްނާވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން މި ޕޮލިސީގައި ކަވަރުނުކުރާ ކަންކަމަކީ:

އެއްބަސްވުމެއްގެ ދަށުން އަމިއްލައަށް އުފުލާ ޒިންމާތައް.

އިންޝުއަރެންސް ކުރި ފަރާތުގެ އަމިއްލަ މުދަލަށް ލިބޭ ގެއްލުން.

ތަޣައްޔަރުވުމާއި ކާނާ ވިހަވުން ފަދަ ކަންކަން

ނިއުކްލިއަރ، ރޭޑިއޯއެކްޓިވް އަދި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތައް.

މި އިންޝުއަރެންސްގެ ޚިދުމަތާއި ކަވަރޭޖް ހިނގާނީ ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިނގާ ހާދިސާތަކަށެވެ.

ކްލެއިމް ހުށަހެޅުމާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތައް

ހާދިސާއެއް ހިނގުމާއެކު، ވީހާވެސް އަވަހަކަށް އެލައިޑް އިންޝުއަރެންސަށް އެކަން އެންގުމަކީ މުހިންމު ކަމެކެވެ. މީގެ ބައެއް ގޮތްތަކަކީ:

ޓޯލް ފްރީ ނަންބަރު 1600 އަށް ގުޅުއްވުން.

[email protected] އަށް އީމެއިލް ކުރެއްވުން.

MyAllied މޮބައިލް އެޕް ނުވަތަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން.

ހާދިސާއެއް ދިމާވާ ހިނދު، ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމާއި، ޖިނާއީ ކަމެއް ހިމެނޭނަމަ ފުލުހުންނަށް ރިޕޯޓްކުރުން މުހިންމެވެ. އަދި އިންސްޕެކްޓް ކުރެވެންދެން ގެއްލުންވި ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމަށާއި، އެލައިޑްގެ ހުއްދައާ ނުލައި އެއްވެސް ފަރާތަކަށް ބަދަލުދޭން އެއްބަސްނުވުމަށް ސަމާލުކަން ދޭންވާނެއެވެ.

އެލައިޑް ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސަކީ ވިޔަފާރިއެއްގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންތެރި އައްޑަނައެކެވެ. މީގެ ސަބަބުން ކުއްލިއަކަށް ދިމާވާ ހާދިސާތަކުގެ ސަބަބުން ވިޔަފާރިއަށް ކުރިމަތިވެދާނެ މާލީ ނުރައްކާތަކުން ހިމާޔަތް ލިބި، ހިތްހަމަޖެހުމާއެކު ވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އެހެންކަމުން، ކޮންމެ ވިޔަފާރިވެރިއަކީވެސް މިފަދަ އިންޝުއަރެންސް ރައްކާތެރިކަން ހޯދާފައިވާ ފަރާތަކަށް ވުމަކީ ބުއްދިވެރި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.