ފައިސަލް ނަސީމް
08 Nov 2022
"މޫސުމީ ބަދަލުތަކުގެ ޒިންމާ ބޮޑެތި ގައުމުތަކުން ނަގަަންޖެހޭ"
ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ޙިއްޞާއެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކުގައި ކަމަށާ އެޤައުމުތަކުން ފުރިހަމައަށް އެކަން ޤަބޫލުކުރަންޖެހޭކަމަށާ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެބޮޑަށް ތަޙައްމަލުކުރަންޖެހެނީ މިކަމުގައި އެންމެ ކުޑަ ޙިއްޞާއެއް އޮތް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤަމުތަކަށް ކަމުގައިވާތީ، މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަރާފައިވާ ޤައުމުތަކުން ކުދި ޖަޖީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.
04 Nov 2022
ކޮޕް27ގައި ބައިވެރިވެވަޑައިގެންނެވުމަށް ނާއިބު ރައީސް މިޞްރަށް!
މިޞްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
22 Oct 2022
ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ބަޔަކަށްވުމަށް
މިއަދަށް އެކަނި ވިސްނާލުމުން ވެސް ޤައުމެއްގެ ޒުވާނުން އެ ޤައުމެއްގެ ތަރައްޤީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށާއި، މިއަދު ކުދިން ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ޤައުމީ ތަރައްޤީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
15 Oct 2022
ސްކައުޓް ހަރަކާތުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތައް ދަސްވޭ
ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
10 Oct 2022
ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ނައިބް ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފިއެވެ.
10 Oct 2022
ނައިބު ރައީސް، އުނގޫފާރު ކައުންސިލާއި ޑަބްލިޔުޑީސީއާ ބައްދަލުކުރައްވައިފި
އުނގޫފާރު ކައުންސިލާއި، އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
09 Oct 2022
"ފަތުރުވެރިކަމުން ލިބުނު ކާމިޔާބީގެ އަސްލަކީ ޒުވާނުން ކުރަމުންއައި ބުރަ މަސައްކަތް"
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުންއައި ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
09 Oct 2022
ނައިބު ރައީސް، އިންނަމާދޫ ކައުންސިލާއި ޑަބްލިޔުޑީސީ އާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.