ނައިބުރައީސް ފައިސަލް ލަންކާގެ ރައީސް ލަންކާގެ ރައީސްއާއި ބައްދަލުކުރެއްވުން/ ފޮޓޯ: ލަންކާ ރައީސް އޮފީސް
ހަބަރު
03 Dec 2022 | 11:40
ލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ!

އަވައްޓެރި ލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާ ސަރުކާރުން އެދިއްޖެއެވެ. 

ލަންކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން އެހީތެރިވެދިނުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ ވަނީ ނައިބުރައީސް ފައިސަލް ނަސީމު އަރިހުން އެދިވަޑައިގެންފައެވެ. 

ލަންކާގެ ރައީސް އޮފީހާއި ހަވާލާ ދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަނިލް ވިކްރަމްސިންހާ ވަނީ ލަންކާގެ ދަނޑުވެރިކަމަށާއި ކްރޫޒް އަދި ހައި އެންޑް ފަތުރުވެރިކަމަށް ރާއްޖޭން އިންވެސްޓް ކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ. 

ނައިބުރައީސް ފައިސަލް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ލައްކާގެ ރައީސްއާއި ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. 

އެފަހުން ލަންކާގެ ރައީސް އޮފީހުން ވަނީ ލަންކާގެ އިގްތިސާދު ރަނގަޅުކުރުމަށް ދިވެހިރާއްޖެއިން އިންވެސްޓުކުރުމަށް ލަންކާ ސަރުކާރުން ހުށައަޅުއްވާފައިވާކަން ބާޔަންކޮށް ބަޔާނެއް ނެރެފައެވެ. 

ލަންކާގެ އިގްތިސާދު ރަނގަޅުކުރުމަށް ރާއްޖެއިން އިންވެސްޓު ކުރުމުގެ އިތުރުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް ޚާއްޞަ ޔުނިވާސިޓީއެއް ޤާއިމުކުރުމާއި، ސަރަހައްދީ ފެންވަރުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާމެދު އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ލަންކާގެ ހަމަނުޖެހުމަށްފަހު، ގައުމަށް ގެނައި ސިޔާސީ ބޮޑެތި ބަދަލުތަކާއެކު، އާ ސަރުކާރުން ވަނީ އެ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ދޭދޭ ގައުމުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ލަންކާއިން ދަނީ އެދެމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.