ރައީސް ނަޝީދާއި ލަންކާގެ އޮފިޝަލުން.. ފޮޓޯ: ނިއުސްވަޔަރ
ހަބަރު
23 Sep 2026 | 23:31
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު

މާތް ނަބިއްޔާ މުޙައްމަދު ﷺ އާއި އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީއަރަބިއްޔާގެ ކޯޓުން މަރަން ހުކުމްކޮށްފައިވާ ސްރީލަންކާގެ އަނޯޖަން ސިވަރާސާ ސަލާމަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބާރުލުން ލިބިއްޖެކަމަށް ލަންކާ ސަރުކާރުން ބުނެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ. އެންމެފަހުން މި މައްސަލަ ބޮޑުވެ، މިކަން ބެލުމަށްފަހު ސައުދީގެ އަލް-އަހްސާ ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމް އިއްވާފައިވަނީ ފަސް އަހަރަށް ޖަލަށްލައި ތިން މިލިއަން ރިޔާލުން އޭނާ ޖޫރިމަނާ ކުރުމަށެވެ. މިއީ ސައުދީ އަރަބިއްޔާގެ އެންޓި-ސައިބަރ ކްރައިމް ގާނޫނުގެ ދަށުން ދެވޭނެ އެންމެ ބޮޑު އަދަބެވެ.

މި މައްސަލާގައި އޭނާގެ އާއިލާއިން އިސްތިއުނާފަށް ހުށަހެޅުމުން އިސްތިއުނާފް ކޯޓުން ވަނީ، އަދަބު ބޮޑުކޮށް މަރުގެ އަދަބު ދިނުމަށް ނިޔާ އިއްވާފައެވެ. 

މި މައްސަލާގައި ސްރީލަންކާ ސަރުކާރުން އެންމެފަހުން ވަނީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ސިވަރާސާއަށް ދީފައިވާ މަރުގެ އަދަބު ލުއިކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ސްރީލަންކާގެ މީޑިއާތަކުން ވަނީ ސިވަރާސާއަށް ދީފައިވާ މަރުގެ އަދަބުން ސަލާމަތްކުރަން ސައުދީއާއެކު ވާހަކަތައް ކުރިއަށްގެންދަން ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަން ލިބޭނޭގޮތް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ލަންކާ ސަރުކާރުން ނެރުނު ބަޔާނުގައި ވާ ވާހަކަތަކެއްކަން ފާހަގަކުރަމުން ބުނެފައިވަނީ ސިވަރާސާ މުސްލިމް މުޖުތަމަޢާ ދެކޮޅަށް ދެއްކި ވާހަކަތަކުގެ ސީރިއަސްކަން ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް، އިންސާނީ ކަރާމާތަށް އިސްކަންދީ، އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެމަނިކުފާނު އެއްބާރުލުން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. 

މިކަމުގައި ހަރަކާތްރިވާ ޤާނޫނީ ވަކީލް ކުމާރަޕެރޫމާ ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއެކު ބޭއްވުނު ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް ކުމާރަޕެރޫމާ ވިދާޅުވެފައިވާކަމަށް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސިވަރާސާ މައްސަލަ މުޅި ސްރީލަންކާގެ ސަމާލުކަމަށް އައިސްފައިވާއިރު ލަންކާ ސަރުކާރުން މިކަމުގެ ތެރެއަށް އެންމެފަހުން ވަދެފައިވަނީ އޭނާގެ އާއިލާގެ ފަރާތުން އެކަމަށް އެދުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.