ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
14 Dec 2024
ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ހަމްނާ 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ ޙަމްނާ އަޙްމަދު އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފިއެވެ.
14 Dec 2024
ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި އާން، 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ މުޙައްމަދު އާން ޙުސައިން ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފިއެވެ.
28 Sep 2024
3 ކިލޯ މީޓަރު ފެތުމުގެ ނެޝަނަލް ޖޫނިއަރ ޗެންޕިއަންކަން ޒޯހާ އަދި ދާނިޔަލްއަށް
15 ވަނަ ޤައުމީ އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން މިއަދު ނިމުނުއިރު މުބާރާތުގެ 3 ކިލޯ މީޓަރު ފިރިހެން ޤައުމީ ޗެންޕިއަންކަން ދާނިޔަލް އަމީން ފައިސަލް ހޯދިއިރު، މިއިވެންޓްގެ އަންހެން ޗެމްޕިއަންކަން ޒޯހާ އަޒްލީ ނަސީމް ހޯދައިފި އެވެ.
28 Sep 2024
5 ކިލޯ މީޓަރު ފެތުމުގެ ނެޝަނަލް ޗެންޕިއަންކަން އަޔާނާ އަދި ރިހާންއަށް
15 ވަނަ ޤައުމީ އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން މިއަދު ނިމުނުއިރު މުބާރާތުގެ 5 ކިލޯ މީޓަރު ފިރިހެން ޤައުމީ ޗެންޕިއަންކަން މުހައްމަދު ރިހާން ޝިހާމް ހޯދިއިރު، މިއިވެންޓްގެ އަންހެން ޗެމްޕިއަންކަން އަޔާނާ އަރީފް ހޯދައިފި އެވެ.
22 Aug 2024
100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި
އޮސްޓްރޭލިއާގެ މެލްބަން ގައި ކުރިއަށް ދިޔަ އަންކުލައުޑް ވިކްޓޯރިއަން އޯޕަން ޝޯރޓްކޯސް ޗެމްޕިއަންޝިޕްސް 2024 ގައި ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މުބާލް އަޢްޒާމް އިބްރާޙީމް އާކޮށްފިއެވެ.
01 Aug 2024
50 މީޓަރ ފްރީސްޓައިލް އިވެންޓް ގައުމީ ރެކޯޑް އާން އައުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ 'ޕެރިސް އޮލިމްޕިކްސް 2024' ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން 50 މީޓަރ ފްރީސްޓައިލްގެ ގައުމީ ރެކޯޑް އައު ކޮށްފިއެވެ.
01 Aug 2024
ކާވާ ބީޗް ވޮލީ މުބާރާތް 2024: ދިވެހި ދެޓީމުވެސް މުބާރާތް ފެށީ އިތުބާރާއެކު
ބޫޓާންގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ ދެ ޕެއަރ ވެސް މުބާރާތް ފެށީ މޮޅަކާއެކު އެވެ.
26 Jul 2024
މެޑްލޭ ރިލޭ އިވެންޓުން ޖޫނިއަރ އަންހެން ޓީމު ލޯމެޑަލް ހޯދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އަންހެނުން ޓީމު މެޑްލޭ ރިލޭ އިވެންޓުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.