ދިވެހި ކުޅިވަރު
01 Apr 2024
ސުހައިލްގެ ދެލަނޑާއެކު ބަދަވީސް އެސްސީ ބަލިކޮށް އެލްކިއު ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގެ ދެވަނަ ބުރުގައި އާދީއްތަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ބަދަވީސް އެސްސީ އާއި އެލްކިއު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެލްކިއު ސްޕޯޓްސް ކުލަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
31 Mar 2024
ޕެނަލްޓީގައި ޓީއެންޓީ ބަލިކޮށް ބިރާގަން އެސްސީ ކުއާޓާ ފައިނަލަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި ކުލަބް ޓީއެންޓީ އާއި ބިރާގަން ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ ބިރާގަން އެސްސީ މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
31 Mar 2024
އާރުޑީއެލް ބަލިކޮށް އޮޑި ބަދަވީސް ކުއާޓާ ފައިނަލަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ އޮޑި ބަދަވީސް އާއި އާރުޑީއެލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޑި ބަދަވީސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ .
30 Mar 2024
ފަހުވަގުތު ކާމިޔާބުކުރި ފަސްލަނޑާއެކު ގުރޫޕްގެ އެއްވަނަ ބީޖީ އަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހުކުރު ދުވަހުގެރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް ޖީގެ ބީޖީ ސްޕޯޓްސް ކުލަބާއި ކްލަބް ލިއޮންސް ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ބީޖީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.
29 Mar 2024
ވިއްސާރަ ވުމުގެ ސަބަބުން ރޭ ކުޅެން އޮތް ތިން މެޗު ހުކުރު ދުވަހުގެ ރެއަށް ރީޝެޑިއުލް ކޮއްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެން ތާވަލުކޮށްފައި އޮތް ތިން މެޗު ވިއްސާރަ ވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި، ހުކުރުދުވަހުގެ ރެއަށް ރީޝެޑިއުލް ކޮއްފިއެވެ.
28 Mar 2024
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު މާލޭގައި
އޭޝިއާގެ އެންމެ ވަރުގަދަ ކެރަމް މުބާރާތް 6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024, އެޕްރިލް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން ހާމަކޮށްފި އެވެ.
28 Mar 2024
ގެމަލޭންޑާއި އެއްވަރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެލްކިއު އެސްސީ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އެފްގެ އެލްކިއު ސްޕޯޓްސް ކުލަބާއި އެފްސީ ގެމަލޭންޑް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެލްކިއު އިން މުބާރާތްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
28 Mar 2024
ފަސޭހަކަމާއި ބީކޭ ބަލިކޮށް ވެސްޓުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް އެފްގެ ބީކޭ ސްޕޯޓްސް ކުލަބާއި ވެސްޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެސްޓުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
27 Mar 2024
މުރައިދޫ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވަލްހަލާ ދެވަނަ ބުރުން ޖާގަ ހޯދައިފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އީގެ މުރައިދޫ އެފްސީ އާއި އެފްސީ ވަލްހަލާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 9-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވަލްހަލާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
27 Mar 2024
ޕާކިއަންސް އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑެމޯނިއީސް ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އީގެ ޑެމޯނިއީސް އާއި ދަ ޕާކިއަންސް ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑެމޯނިއީސް މުބާރާތްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.