ހޭންޑްބޯލް މޯލްޑިވްސް
ކުޅިވަރު
15 Jun 2024 | 16:23
ބަންގުލަދޭޝް ގައުމީ ހޭންޑްބޯޅަ ޗެންޕިއަން "އަންސަރު" ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

26 ޖޫން 2024 އިން 30 ޖޫން 2024 އަށް އިންޓަނޭޝަނަލް ކުލަބު ފުރެންޑްލީ މެޗުތަކެއް ކުޅުމަށްޓަކައި ބަންގްލަދޭޝް ގައުމީ ހޭންޑްބޯޅަ މުބާރާތުގެ 2023ވަނަ އަހަރުގެ ޗެންޕިއަން އަންސަރު އެންޑް ވީޑީޕީ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ބުނެފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސް އިން މައުލޫމަތު ދޭ ގޮތުގައި އަންސަރުގެ މިދަތުރަކީ ހޭންޑްބޯޅަ މޯލްޑިވްސް ރައީސްގެ ދައުވަތަކަށް އެކުލަބުން އަންނަ ދަތުރެކެވެ. އަދި އަންސަރު އެންޑް ވީޑީޕީގެ މިދަތުރުގައި އެޓީމުން ރާއްޖޭގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.

ފުރަތަމަ މެޗުގައި 26 ވަނަ ދުވަހު އެޓީމުން ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި 28 ވަނަ ދުވަހު އެޓީމުން ނުކުންނާނީ 2023 ވަނަ އަހަރުގެ ގައުމީ ޗެންޕިއަން ވެލިދޫ ޔުނައިޓެޑާއި ދެކޮޅަށެވެ.

މީގެ އިތުރުން އެޓީމުގެ ފަހު މެޗުގައި 30 ވަނަ ދުވަހު ނުކުންނާނީ 19 އަހަރުންދަށުގެ ގައުމީ ޓީމައި ދެކޮޅަށެވެ. އަދި މިހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 20:30 ގައި ގައުމީ ހޭންޑްބޯޅަ ކޯޓުފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ހޭންޑްބޯލް މޯލްޑިވްސްގެ އޮފިޝަލު ވިދާޅުވީ މި އެސޯސިއޭޝަންގެ ފަރާތުން މިފަދަ މެޗުތަކެއް އިންތިޒާމުކުރުމުގެ ބޭނުމަކީ ދިވެހި ކުލަބުތަކަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދިނުމުގެ އިތުރުން ސަރަހައްދުގެ ކުލަބުތަކާއި ދިވެހި ހޭންޑްބޯޅަ ޓީމުތަކުގެ ފަރަގު ކުޑަކުރުމަށެވެ.

ރާއްޖޭގެ ހޭންބޯޅަ ކުރިއެރުވުމަށްޓަކައި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ގިނަ ގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި އެސޯސިއޭޝަނުން އެދެނީ ބަންގްލަދޭޝް ޗެންޕިއަން އަންސަރު އެންޑް ވީޑީޕީ އާއި ދެކޮޅަށް ޑީއެސްސީ އަދި ވެލިދޫ ޔުނައިޓެޑުގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ދިވެހި ޓީމުތަކަށް ތަރުހީބު ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.