ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
05 May 2025
ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމަވައިފި
މ. ރަތްމަންދޫ ރައްޔިތުން ވެސް އެހެން ރަށަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
05 May 2025
އެމްއައިއެފްސީ ވެގެންދާނީ ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކަށް ކުރާ ދަތުރުގެ ފެށުމަށް: ރައީސް
ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫންކަމަށާ ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިގްތިސާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ގައުމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
04 May 2025
ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝިއަލް ސެންޓަރެއް ޤާއިމުކުރަނީ!
މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ މިނިވަން ސަރަޙައްދެއް. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް: ފިނޭންސް
04 May 2025
އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
04 May 2025
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ
ސިވިލް ސާވަންޓުންނާއި، ކައުންސިލް ތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
04 May 2025
ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއް ކަނޑައަޅަނީ
ޤައުމީ އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި ދިވެހިންނަށް ޚާއްސަ ދާއިރާތަކެއް ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގެ މީސްމީޑިއާއާއި ބައްދަލުކުރައްވަން ބޭއްވެވި 15 ގަޑިއިރުގެ ދިގު ބައްދަލުކުރެއްވުމުގައެވެ.
04 May 2025
ހިޔާ ފުލެޓް އަތުލި މީހުންނަށް ފުލެޓް ދޭނެ މަޝްރޫޢު އިއުލާން ކޮށްފި
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ހިޔާ ފުލެޓް، ލިބޭނެކަމަށް އެ ސަރުކާރުން ކަނޑައަޅައި، ފުލެޓް ދިން މީހުންގެ ތެރެއިން، ނިމިދިޔަ ސަރުކާރުން ނުހައްގުން ފުލެޓް އަތުލި މީހުންނަށް، ފުލެޓް ދޭނެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
04 May 2025
ފެނިގެން ދިޔައީ ރައީސް މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތުކަން
އިއްޔެ ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ކަމާއި ބަހައްޓަވާ ފަރުވާތެރިކަން ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.