ނަމީބިއާގެ ރައީސް ހޭޖް ޖީންގޮބް-- ފޮޓޯ: އޭޕީ
ނަމީބިއާގެ ރައީސް ހޭޖް ޖީންގޮބް-- ފޮޓޯ: އޭޕީ
ދުނިޔެ 04 Feb 2024 | 10:30

ކެންސަރަށް ފަރުވާ ހޯއްދަވަމުންދަނިކޮށް، ނަމީބިއާގެ ރައީސް އަވަހާރަވެއްޖެ

ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށް، ނަމީބިއާގެ ރައީސް ހޭޖް ޖީންގޮބް އަވަހާރަވެއްޖެއެވެ.

އެގައުމުގެ ރައީސް ގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ހޭޖް ޖީންގޮބް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވެރިރަށް ވިންޑްހޯކްގައި ހުންނަ ލޭޑީ ޕޮހަމްބާ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު، އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް މޮނިކާ ގޭއިންގޯސް އާއި ދަރިން ތިއްބެވިއެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 82 އަހަރުފުޅެވެ.

ރައީސްކަމުގެ ދެވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ ޖީންގޮބް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާނު ކުރެއްވި މި އަހަރުގެ ޖެނުއަރީ މަހު އެވެ. ގޭންގޮބްގެ އޮފީހުން އޭރު ބުނެފައިވާގޮތުގައި ޖެނުއަރީ މަހު ރޫޓިން މެޑިކަލް ޗެކަޕަކުން އެމަނިކުފާނުގެ ހަށިކޮޅުން ކެންސަރު ސެލްތަކެއް ވަނީ ފެނިފައެވެ.

ނަމީބިއާގެ ރައީސް ހޭޖް ޖީންގޮބް އަވަހާރަވުމާއި އެކު އެގައުމުގެ އެކްޓިން ޕްރެޒިޑެންޓްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ގައުމުގެ ނައިބު ރައީސް ނަންގޯލޯ އެމްބޫމްބާ ވަނީ ގައުމަށް އެ ގެއްލުނީ ރައްޔިތުންނަށް ޚިދުމަތްތެރި ދަރިއެއް ކަމަށާއި، އެއީ ނަމީބިއާގެ ތަބެއް ކަމުގައި ވިދާޅުވެ ހިތާމައިގެ މި ދަނޑިވަޅުގައި ރައްޔިތުން ހަމަޖެހިގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދައުލަތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލިސް ޖަލްސާއެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2013 ވަނަ އަހަރު ޖީންގޮބްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިއިރު، 2023 ވަނަ އަހަރު ދެކުނު އެފްރިކާގައި އެއޯޓިކް އޮޕަރޭޝަނެއް ކުރިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

1941 ވަނަ އަހަރު ނަމީބިއާގެ އުތުރުގެ ރަށަކަށް އުފަން ޖީންގޮބް އަކީ އެގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިމެނޭ އޮވަމްބޯ އެތްނިކް ގްރޫޕުގެ ބޭރުން ހޮވުނު ފުރަތަމަ ރައީސް އެވެ.

ރައީސްގެ މަގާމު އަދާ ކުރެއްވުމުގެ ކުރިން 1990 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހިސާބަށް ޖީންގޮބް ވަނީ ގައުމުގެ ބޮޑުވަޒީރު ކަން އަދާ ކުރައްވާފައެވެ. އަދި 2012 އިން 2015 ވަނަ އަހަރުގެ ނިޔަލަށްވެސް ހަމަ އެ މަގާމް އެ މަނިކުފާނު ފުރުއްވިއެވެ.

ނެމީބިއާގެ ތިންވަނަ ރައީސް ޖީންގޮބް ވެރިކަމާ ހަވާލުވެ ވަޑައިގެންފައި ވަނީ 2015 ވަނަ އަހަރެވެ. އަވަހާރަވިއިރު އެމަނިކުފާނު ފުރުއްވަމުން ގެންދެވީ އެ ގައުމުގެ ރައީސްކަމުގެ ދެވަނަ ދައުރެވެ. އެ ގައުމަށް ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.