އެވިޑް ކޮލެޖު
އެވިޑް ކޮލެޖު
ހަބަރު 01 Jan 2023 | 05:24

އެކްރެޑިޓް ނުކުރާ ކޯހެއްކަމަށް ބުނާ ކޯހުގެ މައުލޫމާތު އެވިޑުން ބަދަލުކޮށްފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން އިޝްތިހާރު ކުރަމުން ދާކަމަށް ބުނެ އެކަމާއި ސަމާލުވުމަށް އެމްކިއުއޭއިން ޢާއްމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެ ކޯހުގެ މައުލޫމާތުތައް އެވިޑް ކޮލެޖުން ބަދަލުކޮށް ކަން ހިގައިދިޔަގޮތް ހާމަކޮށްފިއެވެ.

އެމްކިއުއޭ އިން ކުރި އިއުލާނެއްގައި، އެވިޑް ކޮލެޖުގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރު ކޮށްފައިވާ ދެ ކޯހެއް، އެ އިޝްތިހާރުކޮށްފައިވާ ގޮތަށް އެމްކިއުއޭއިން ހުއްދަ ދީފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ފުރަތަމަ ކޯހަކީ ހަތަރުމަސް ދުވަހުގެ ތެރޭގައި ލެވެލް 5 ގެ ސެޓްފިކެޓް ލިބޭ ކަމަށް އިޝްތިހާރުކޮށްފައިވާ "އޭސީސީއޭ އެޕްލައިޑް ނޮލެޖް" ކޯހެވެ. އަދި ދެވަނަ ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގަން ނިންމާފައިވާ ލެވެލް 8 ގެ "އޭސީސީއޭ ސްޓްރެޓެޖިކް ޕްރޮފެޝަނަލް" ކޯހެވެ. މިދެކޯސް އެކްރެޑިޓް ކޮށްދީފައި ނުވާނެ ކަމަށް އެމްކިއުއޭއގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްކިޔުއޭގެ އެ އިއުލާނާއި ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިޝްތިހާރު ކުރުމުގައި އެވިޑް ކޮލެޖުގެ ކޯހެއްގެ މައުލޫމާތު ލިޔުމުގައި ނުބައިކޮށް ލިޔެވިފައިވާ ކަމަށާއި، އެ ކުށް ލިޔެވުނު ކޯސްތަކުގެ މައުލޫމާތު އިސްލާހުކުރުމަށް ފަހު އާންމުކޮށްފައިވާކަމަށެވެ.

އެގޮތުން އޭސީސީއޭ އެޕްލައިޑް ނޮލެޖަކީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ހިންގާ ލެވެލް ފަހެއްގެ ކޯހެކެވެ. އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ލެވެލް ހަތެއްގެ ޕްރޮގްރާމެއް ކަމަށާ، މި ދެ ޕްރޮގްރާމަކީ ވެސް އެމްކިއުއޭއިން އެކްރެޑިޓްކޮށް، ހިންގަން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށެވެ.

ނަމަވެސް އެ ކޯސް އިޝްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށް އެ ކޮލެޖުގެ ސަމާލުކަމަށް އެމްކިއުއޭއިން ގެނައީ، އެ ކޯހާ ގޫޅޭގޮތުން ބަޔާނެއް ނެރެ، ކުށް އިސްލާހުކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނުދީކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.

އަދި އެ ގޮތަށް އެމްކިއުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް، ފުރުސަތު އެ ކޮލެޖަށް ގެއްލި ދިޔަ ކަމަށާ، ނުނިޔަތެއްގައި، އިޝްތިހާރު ކުރި ކަމުގައި ދޭހަވާފަދަ ގޮތަކަށް އެމްކިޔުއޭ އިން ނޫސް ބަޔާން ނެރެފައިވާތީ އެ ކޮލެޖުން ހިތާމަކުރާ ކަމަށްވެސް އެ ކޮލެޖުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، އެއީ ފަށަން ތައްޔާރުވަމުން އަންނަ ކޯހެއް ކަމަށާއި އެ ކޯސް އަދި ނުހިންގާ ކަމަށް ވެސް އެވިޑުން ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.