ގިވް އަވޭގައި ބައިވެރިވެގެން ބީއެމްއެލްގެ އައު ކަލަންޑަރު ހޯދުމުގެ ފުރުސަތު
ގިވް އަވޭގައި ބައިވެރިވެގެން މި އަހަރަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރު ކުރި އާ ކަލަންޑަރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މީސް މީޑިއާގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ބީއެމްއެލްގެ މީސްމީޑިއާގައި އާއްމު ކޮށްފައިވާ ގިވް އަވޭ ޕޯސްޓުގައި ރައްޓެހިން ޓެގްކޮށް އާ އަހަރުގެ ތަހުނިޔާ ފޮނުވައިގެން 2023 ވަނަ އަހަރުގެ ބީއެމްއެލްގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެގޮތުން ކަލަންޑަރު ލިބިގެންދާނީ މި ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް ކަމަށާ، މި ޕްރޮމޯޝަން ޖެނުއަރީ ތިނެއްގެ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލްގެ މިފަހަރުގެ ކަލަންޑަރުގައި ހިމަނާލާފައިވަނީ ފެންކުލައިން ކުރަހާފައިވާ 12 ކުރެހުމެވެ. މި ކުރެހުންތައް ކުރަހާފައިވަނީ ހުނަރުވެރި ދިވެހި ފަންނާނެއް ކަމަށްވާ ޝިމްހާ ޝަކީބެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް