މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ
އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މަތިވެރި ކައުންސިލުން ބުނި ގޮތުގައި، ގެއްލިގެން ހޯދަނީ އެރަށު އުމުރުން ދުވަސްވީ މީހެކެވެ.
ގެއްލިފައި ވަނީ މަތިވެރީ ރިވެލި، ހަސަން އަލީ (ހަސަންފުޅު) އެވެ.
ހަސަންފުޅު ވީތަނެއް ނޭނގިގެން އިއްޔެއިން ފެށިގެން ހޯދަމުން ދާކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން މަތިވެރީ ކައުންސިލަށް އެމްގުމަށް އެ ކައުންސިލުން ވަނީ އެދިފެއެވެ.
މަތިވެރި ކައުންސިލުގެ ނަންބަރު: 6660058
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް