ޖޫސްޓައިމް އަށް ހަމަލާ ދިނުން: އަންހެނަކާއިއެކު ޖުމްލަ 7 މީހުން ހައްޔަރުކޮށްފި
ހުޅުމާލެ “ޖޫސް ޓައިމް” އަށް ގެއްލުން ދިން މައްސަލާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކު ވެސް ހިމެނޭހެން 7 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 2023 ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އެ ގެއިން އެ ތަކެތި ފެނުމާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވި އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް